Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރައީސް މުއިއްޒު މެލޭޝިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ

ރައީސް މުއިއްޒު މެލޭޝިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު މެލޭޝިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމަވައިފި އެވެ. ރައީސް އޮފީހުން މިއަދު ބުނީ މިއީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ. އެގޮތުން އަންނަ އާދިއްތަ ދުވަހު އެ ދަތުރުފުޅު ފައްޓަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. ތިން ދުވަހަށް ރައީސް ކުރައްވާ އެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ އެވެ. މިއީ އެ މަނިކުފާނު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ އަމާޒަކީ، ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުން ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ދަތުރުފުޅުގައި ރައީސް މުއިއްޒު މެލޭޝިއާގެ ބޮޑުވަޒީރުއާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވާނެ އެވެ. އަދި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދިނުމުގެ މައްޗަށް މަޝްވަރާކުރައްވައި، ސަރަޙައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާމެދު ހިޔާލުބަދަލުކުރައްވައި، ދެ ގައުމުގެ ބައިވެރިވުން އިތުރުކުރެއްވޭނޭ އިތުރު މަގުތައް ހޯއްދެވުމާމެދު މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރައީސް އޮފީހުން އިތުރަށް ބުނިގޮތުގައި އެ ދަތުރުފުޅުގައި
  • ދެ ގައުމުގެ ލީޑަރުންގެ ހާޒިރުގައި މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި، ނޯޓް އެކްސްޗޭންޖްތައް ކުރިއަށްގެންދާނެ
  • އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ ބިޒްނަސް ފޯރަމްގައި ރައީސް ބައިވެރިވެލައްވާނެ
  • މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާއަށް ޒިޔާރަތްކުރައްވައި އެ ޔުނިވަރސިޓީގައި ރައީސް ދަރުހެއް ދެއްވާނެ
  • މެލޭޝިއާގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރައްވާނެ
 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް