Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ތިނަދޫ ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ސާޖަރީ ހަދައިފި

ތިނަދޫ ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ސާޖަރީ ހަދައިފި
ގދ. ތިނަދޫ ޑރ. އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ސާޖަރީ ހަދައިފި އެވެ މި ސާޖަރީ ހަދާފައިވަނީ އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް އެ ހޮސްޕިޓަލުގައި ކުރިއަށް ގެންދާ އޮޕަރޭޝަން ޑޮކްޓަރުންގެ ހާއްސަ ކޭމްޕްގަ އެވެ. މި ޓީމުގައި އައިޖީއެމްއެޗްގައި މަސައްކަތް ކުރާ އެކި ދާއިރާތަކުގެ ހާއްސަ އޮޕަރޭޝަން ޑޮކްޓަރުންގެ ޓީމެއް ބައިވެރިވެ އެވެ. މި ޓީމުގައި ހަރަކާތްތެރިވާ ޑރ. އަބުދުﷲ އުބެއިދު ވިދާޅުވީ ރީޖަނަލް ހޮސްޕިޓަލެއްގައި މިފަދަ އޮޕަރޭޝަނެއް ކުރެވުމަކީ މުހިންމު ކުރިއެރުމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެފަދަ އިތުރު ސާޖަރީ ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ. ލެޕްރޮސްކޯޕިކް ސާޖަރީ އަކީ އޮޕަރޭޝަން ކުރަންޖެހޭ ހާލަތުގައި އެންމެ ކުޑަކޮޮށް ކަފައިގެން ކެމެރާ ހަރުކޮށްގެން ބަލައިގެން ކުރާ ސާޖަރީތަކެވެ. މިމަހުގެ 24 އިން 26 ކުރިއަށް ގެންދާ މި ކޭމްޕްގައި ރާއްޖޭގައި ތިއްބެވި މިދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރުން ގެ ޓީމެއް ބައިވެރިވާނެ އެވެ. މި ޓީމްގައި ޖުމުލަ 8 ޑޮކްޓަރުން ހިމެނެ އެވެ. ޑޮކްޓަރުންގެ ޓީމް
  • ގޮހޮރުގެ އަދި ބެރިއަޓްރިކް ސާޖަރީގެ ހާއްސަ ޑރ. އާއިޝަތު އަޒުނާ
  • އާއްމު އަދި ލެޕްރސްކޯޕިކް ސާޖަރީގެ ހާއްސަ ޑރ. އަބުދުﷲ އުބައިދު
  • ޕްލާސްޓިކް އަދި ރިކޮންސްޓްރަކްޝަން އަދި އެޑްވާންސް ވޫންޑް ކެއާގެ ހާއްސަ ޑރ. މުހައްމަދު ވަހީދު
  • އާއްމު އޮޕަރޭޝަން އަދި އެޑްވާންސް ވޫންޑް ކެއާ އަށް ހާއްސަ ޑރ. އިބްރާހީމް އާދިލް
  • ކެންސަރުގެ އޮޕަރޭޝަންތަކަށް ހާއްސަ ޑރ. މުހައްމަދު ޝިފާން
  • ސިކުނޑިއާއި ނާރުގެ އޮޕަރޭޝަންތަކުގެ ހާއްސަ ޑރ. އަލީ އާ
  • ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަންތަކުގެ ހާއްސަ ޑރ. އަބުދުﷲ އަދްޡަރު
  • ހޭނެއްތުމާއި ނުފިލާ ހުންނަ ތަދުތަކުގެ ހާއްސަ ޑރ. އަސްއަދު މުހައްމަދު ޝަހީދު
 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް