Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މީހުން ހޯދުމުގައި ހުރި ދަތިތައް ހައްލުވާނީ އުޖޫރައިގެ ކުރިއެރުން ލިބިގެން: ނާސިހު

މީހުން ހޯދުމުގައި ހުރި ދަތިތައް ހައްލުވާނީ އުޖޫރައިގެ ކުރިއެރުން ލިބިގެން: ނާސިހު
ސިވިލް ސާވީސް ގައި މަސައްކަތްކުރާ މުވައްޒަފުންގެ އުޖޫރައިގެ ކުރިއެރުން ލިބުމަކީ އެންމެ ބޮޑު އެއް އުއްމީދު ކަމަށް ސިވިލް ސާވީސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހު މިއަދު ވިދާޅުވެއްޖެ އެވެ. މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައި ނެރުނު ބަޔާނެއްގައި ނާސިހު ވިދާޅުވީ ޒަމާނަށް އަންނަ ބަދަލުތަކާއެކު ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ރައްޔިތުން ބަލައިގަންނަ ހިދުމަތްތައް ދިނުމުގެ ވައްޓަފާޅިއަށް މިއަދު ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ސީއެސްސީގެ ހިދުމަތުގެ އާއްމު މިންގަނޑުގެ ގޮތުގައި ރައްޔިތުން ބަލައިގަންނަ މިންގަނޑު ބޮޑުތަނުން އުފުލިފައިވާކަން ފާހަގަކޮށް ނާސިހު ވިދާޅުވީ ޒަމާނީ ފެންވަރެެެއްގައި އަވަސް ހިދުމަތްތަކެއް ރައްޔިތުންނަށް ދިނުމަށްޓަކައި މުގައްދަސު ޒިންމާއާއި ވާޖިބު އަދާކުރާ ސިވިލް ސާވަންޓުންގެ ހުނަރާއި ގާބިލުކަން މަތިކުރުމަށް މިއަދު އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. ސިވިލް ސާވީސް ޓްރެއިނިން އިންސްޓިޓިއުޓް މެދުވެރިކޮށް ކޮންމެ އަހަރަކުވެސް މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ހުނަރު ދަސްކޮށްދީ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބަޔާނުގައި ވިދާޅުވި އެވެ. ނާސިހު ވިދާޅުވީ މުވައްޒަފުންގެ އުޖޫރަ މަތިކޮށް އަދި އެ އުޖޫރައިގެ ހަމަހަމަކަން ގާއިމްކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން އަވަސް މުސްތަގުބަލެއްގައި ސީއެސްސީގެ ހުރިހާ ފަންތިތަކާއި ގިންތިތަކެއްގައި ވެސް މަސައްކަތްކުރާ މުވައްޒަފުންނަށް އުޖޫރައިގެ ކުރިއެރުން ލިބިގެން ދިއުމަކީ ބޮޑު އުއްމީދެއް ކަމަށެވެ.
އުޖޫރައިގެ ހަމަހަމަކަން ގާއިމުވެގެން ދިއުމުން މުވައްޒަފުންނަށް ހިތްހަމަޖެހިގެން އުފެއްދުންތެރި މަސައްކަތްތަކެއް ކުރުމަށް ތަނަވަސްވާނެ މަގެއްކަމާއި ސީއެސްސީގެ ދާއިރާތަކަށް ގާބިލު މީހުން ހޯދުމުގައި ތަހައްމަލުކުރަން ޖެހޭ ދަތިތަކަށްވެސް ރަނގަޅު ހައްލެއް ލިބިގެންދާނެ
ސީއެސްސީގެ ކޮންމެ އިދާރާއެއްގެ ސާވީސް ޗާޓުގައި ބަޔާންކުރާ ހިދުމަތްތައް އެ ބަޔާންކުރާ މިންވަރަށް އަދި ބަޔާންކުރާ ފެންވަރަށް އަދި ކަނޑައެޅިފައިވާ މުއްދަތުގައި ދިނުމަށް ދެ ސަމާލުކަން އިތުރުކުރުމަށް ނާސިހު ވަނީ ބާރުއަޅާފަ އެވެ. https://twitter.com/cscmaldives/status/1917765881230418318 އަދި އެކަކު އަނެކަކަށް އެހީވެދޭނެ ސަގާފަތެއް އަށަގަންނަވައި ފެންވަރު ރަނގަޅު އަވަހަށް ލިބިގެންދާ ހިދުމަތްތަކެއް ފޯރުވޭނެފަދަ ހުނަރުވެރި މުވައްޒަފުންނަށްވުމަށް އަތުކުރި އޮޅާލައި އަޒުމްތައް ވަރުގަދަކުރުމަށް ނާސިހު ވަނީ ބާރުއަޅާފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް