ލައިފްސްޓައިލް

މާމަ ގައިމަތީ އެޅި ކުނި ރަޖާގަނޑު ، ދަރިފުޅު އެ ރައްކާކުރީ މަންމައަށް!

ޢަލީ މާޖިދު ، ދެން އޮންލައިން

މައިންބަފައިންނަކީ ދަރީންގެ މޫނު ބަލާ ލޯގަނޑެވެ. ބަސްބުނުމާއި ދިރިއުޅުމުގެ ކޮންމެ ކަމެއް ނަމަވެސް އެކުދީން ނަމޫނާއަކަށް ބަލަނީ މައިންބަފައިންނެވެ.

Ads by MWSC

މިއީ އެފަދަ އިބްރަތްތެރި ވާހަކައެކެވެ. ދަރީން ހިނގާނީ މައިންބަފައިންގެ ފިޔަވަޅު މަތީގައިކަން މި ވާހަކައިން ދޭހަވާއިރު މައިންބަފައިންނަށް ކަމޭހިތައި މާތްކޮށް ހިތުމުގެ މުހިންމު ކަމަކީ ވެސް މިވާހަކައިން ދޭ ޢިބްރަތެކެވެ.

ނުހާގެ އުމުރަކީ 7 އަހަރެވެ. ނުހާގެ މާމަ މުސްކުޅި ބަލީގައި އެނދުމަތި ކުރެވިފައިވަނީ ގޭގެ އެކަހެރި ކޮޓަރިއެއްގައެވެ. މާމަ ބަލަހައްޓަމުންދަނީ ނުހާގެ މަންމަ އެވެ.

މާމަ ގިނަވަގުތު ބާއްވަނީ ނުތާހިރާ އެވެ.  ހަމައެކަނި ކާއެތި ފޮދު އަރަށް އަޅައިލަދޭކަށް އެކަންޏެވެ. ނުހާ ވެސް ބައެއް ފަހަރު ދިޔައީ މަންމަ އާއިއެކު މާމަ ކޮޓަރިއަށް ވަންނަމުންނެވެ. އަދި މާމައަށް ކަންތައް ކުރާގޮތް ބަލަމުން ނުހާ ގެންދިޔައެވެ.

މާމަ ގައިމަތީގައި އަބަދު އެއް ރަޖާގަނޑެއް އޮންނާތީ ނުހާ އެކަމާ މެދު ސުވާލު ކުރިއެވެ.

"މަންމާ! ކީއްވެ އަބަދު އެއް ރަޖާއެއް މާމަ ގައިމަތީ އަޅަނީ؟"

"އެއީ މާމަ މުސްކުޅިވީމަ" ކަމަށް މަންމަ ޖަވާބު ދިނެވެ،

އޭގެ ހައެއްކަ މަސްފަހުން މުސްކުޅި ބަލީގައި ނުހާގެ މާމަ ނިޔާވެއްޖެއެވެ.

މާމަ ނިޔާވުމުން މާމަ އޮތް ކޮޓަރި ސާފު ކުރަން މަންމަ އެ ކޮޓަރިއަށް ވަނެވެ. ހޯދާ ހޯދާ ވެސް އެ ކޮޓަރީ ތެރެއިން މާމަ ގައިމަތީ އެޅި ކުނި ރަޖާގަނޑެއް ނުފެނުނެވެ. މަންމަ ނުހާ ގާތު ސުވާލު ކުރިއެވެ.

މަންމަ: ދަރިފުޅާ! ނުހާ މަންމަ މާމަ ގައިމަތީ އެޅުވި ރަޖާގަނޑުގެ ދުށިންތަ؟

ނުހާ: ލައްބަ މަންމާ ނުހާ އޮންނާނެ އެ ރަޖާގަނޑުގެ އަލަމާރީގައި ފޮރުވާފައި

މަންމަ: ކީއްކުރަން އެ ކުނި ރަޖާގަނޑު ފޮރުވީ؟ 

ނުހާ: މަންމަ މުސްކުޅިވާ ދުވަހު ގައިމަތީގައި އަޅަން 

ނުހާ އެހެން ބުނުމާއެކު މަންމައަށް ރޮވިއްޖެއެވެ. އަދި އިތުރަށް ސުވާލު ކުރިއެވެ،

މަންމަ: ދަރިފުޅާ ނުހާ ދަރިފުޅު މަންމަ ދެކެ ލޯތްބެއް ނުވޭތަ؟

ނުހާ: ނޫން މަންމާ މަންމަ ދެކެ ވަރަށް ބޮޑަށް ލޯބިވޭ

މަންމަ: ދެންކީއްވެ އެ ކުނި ރަޖާގަނޑު މަންމަ މުސްކުޅިވީމާ ގައިމަތީ އަޅަން ތި ފޮރުވީ؟

ނުހާ: މަންމަ ވެސް މާމަދެކެ ވަރަށް ލޯބިވެއެއްނު، މަންމަ ބުނީމެއްނު އެއް ރަޖައެއް އަބަދު އަޅަނީ މާމަ މުސްކުޅިވީމައޭ

އެހެންވެ މިހެން ބުނުމާއި އެކު ނުހާގެ މަންމަ ބަސްހުއްޓި ހިމޭންވިއެވެ

ވިސްނާށެވެ. ދަރިން އަބަދުވެސް ނަކަލު ކުރަމުން ދާނީ މައިންބަފައިންނެވެ.

ދަރިންނަށް ކުޑައިރު ރީތި ނަމޫނާދައްކާ ހެވައި ނުބައި ބުނެދޭށެވެ. އެ މީހެއްގެ މައިންބަފައިންނާއި މެދު ކަންކުރި ގޮތަކަށް އެ މީހެއްގެ ދަރިން އެމީހަކާއި މެދު ކަންކުރާނޭ ބުނެ އުޅެނީ މިފަދަ ސަބަބުތަކަށް ޓަކައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!