ޚަބަރު

އޮޅިގެން ފޯނަށް ފޮނުވާފައި ހުރި 900 ރުފިޔާގެ ވެރި ފަރާތް ހޯދަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މީހެއްގެ ފޯނަށް އޮޅިގެން 900 ރުފިޔާ ފޮނުވިފައިވާތީ، އެފައިސާގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ސޯޝަލް މީޑިއާ މެދުވެރިކޮށް އެމީހާ ފަށައިފިއެވެ.

Ads by MWSC

"ދެން" އަށް މައުލޫމާތު ދެމުން އަފްޒަލް ރަޝީދު (އާއްމުކޮށް މީހުން ކިޔާ އުޅެނީ އިނާން) ބުނީ އޭނަގެ ފޯނަށް މީގެ ދެދުވަސް ކުރިން މެސެޖެއް އައި ކަމަށާއި އެމެސެޖުގައި އޮތީ އޭނަގެ ނަންބަރަށް 400 ރުފިޔާ ފޮނުވާފައިވާ ކަމަށެވެ.

“މީގެ ދެދުވަސް ކުރިން އައީ މެސެޖެއް، ފުރަތަމަ އިނީ 400 ރުފިޔާ ދެއްކި ކަމަށް. ފަހުން އައީ 500 ރުފިޔާ ދައްކާފައިވާ ކަމަށް. ދެން ވަގުތުން އެޕުން އެކައުންޓަށް ވަދެ ބަލާލީ ކިހިނެއްތޯ މިވަނީ. ބަލާލިއިރު އިނީ 400 ރުފިޔާ ޖަމާވެފައިވާ ކަމަށް، އަޅުގަނޑު ގެންގުޅެނީ ޕޯސްޓްޕެެއިޑެއް، ބިލް ވެސް އިންނާނީ ދައްކާފައި. އެހެންވެ އެ 400 އިނީ މައިނަސް އެމައުންޓެއްގެ ގޮތުގައި. މާނައަކީ އެފައިސާއިންނޭ ދެން ބިލަަށް އަންނަ ބައި ކެނޑޭނީ. އަނެއްކާ ފަހުން އިނީ 500 ރުފިޔާވެސް ފޮނުވާފައި" އިނާން ކިޔައިދިނެވެ.

އިނާން ބުނި ގޮތުގައި ފައިސާ ގޮސްފައި ވަނީ ގދ. ތިނަދޫ ގައި ހުންނަ އުރީދޫގެ ބްރާންޗަކުންނެވެ. އޭނާއަށް ހީވާ ގޮތުގައި އެތަނުގައި އިންނަ މުވައްޒަފަކަށް އޮޅިގެން ފައިސާ އޭނާގެ ނަންބަރަށް ފޮނުވިފައި އޮތުން ނުވަތަ ކަސްޓަމަރަކަށް ގޯސް ނަންބަރެއް ޖެހުނީ ކަމަށް ވެސް ވެދާނެ އިނާން ބުންޏެވެ.

"ދެދުވަސް ވީއިރުވެސް އެފައިސާ ހޯދަން މީހަކު ނޫޅުނީމަ މިއަދު ގުޅީ އުރީދޫ އަށް. އެތަނުން ވެސް ބުނީ 500 ގެ ޑިޕޮސިޓަކާއި 400 ގެ ޕޭމެންޓެއް ވެސް ކޮށްފައި އެބައިނޭ. އެމީހުންނަކަށް ވެސް ނޭނގޭ ކިހިނެއްވީ ކަމެއްވީ . އެހެންވެ މިއަދު ޕޯސްޓު ޖެހީ. މިއީ އަޅުގަނޑުގެ ފައިސާއެއް ނޫން ވީމަ ވެރި ފަރާތް ހޯދަން" އިނާން ކިޔައިދިނެވެ.

https://m.facebook.com/story.php?story_fbid=10157287646887175&id=559297174&sfnsn=mo&extid=gVOPPcYWo7HKr1Mk

އިނާން އެދެނީ މިފައިސާގެ ވެރިފަރާތުން އުރީދޫ އާއި ގުޅާލުމަށް ނުވަތަ ސީދާ އޭނައާއި ގުޅާލުމަށެވެ. އޭނާގެ ނަންބަރަކީ 9977446 އެވެ.

  1. ދިވެހިން

    ހާދ ރަނގަޅ އަޙްލާގެއްގ ވެރިއެކެވ. މިއ ހަމަސީދާާ ދިވެހިނ. ތެދުވެރ އަމާނާތްތެރ ޖީލަކަށ މިއަދ މިގައުމ އެދިގޮވ.. ތިބާއަށްް ހެޔ ރަހްމަތްލައްވ މުދަލުގައ ބަރަކާތ ލައްވާށ.

  2. އުނާ

    ވަރަށް އުފާވެއްެޖ ބަރަކާް ލައްވާށ

  3. ނަޖާހު

    ހާދަ ރަގަޅު މީހެކޭ.

  4. ފަތިސް

    بارك الله فيك

  5. ސޭޓުގެ އަންހެނުންގެ ފިރިމިހާ

    އިނާނޫ އޯކޭތަ މަގުޅިޔަސް.

  6. ވާނުވާ

    އާއްމު ކޮށް ކިޔަނީ އިނާން އެއްނޫން ޖުހާ ކިޔަނީ ގާތް މީހުން ހޮޅުދޫ މީހެއްތީ

  7. ޖަލުން

    ތީ ޖަލުން .