އިންޑިއާގެ މަނަވަރު ރާއްޖޭގައި ބަނދަރުކޮށްފި

އިންޑިއާގެ މަނަވަރު "އައިއޯއެސް ސާގަރު" އިންޑިއާ ކަނޑުގައި ކުރިއަށް ގެންދާ މިޝަންގެ ތެރެއިން އެ މަނަވަރު ރާއްޖޭގައި މިއަދު ބަނދަރުކޮށްފި އެވެ.
އެ މަނަވަރު ރާއްޖެ އައުމުން މަރުހަބާ ދެންނެވީ އެމްއެންޑީއެފްގެ ކޯސްޓު ގާޑުގެ ކޮމާންޑެންޓް ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީލް އަދި އެމްއެންޑީއެފްގެ ސީނިއާ ބޭފުޅުންނެވެެ.
އެ މިޝަންގައި ނުވަ ގައުމަކަށް އެ މަނަވަރު ދަތުކުރި އިރު ރާއްޖެއަކީ އެ މަނަވަރުގެ އެންމެ ފަހު މަންޒިލެވެ.
ހަ ހަފްތާގެ ނިޔަލަށް ކުރިއަށް ގެންދާ އެ މިޝަންއަކީ ކަނޑުފޭރޭ މައްސަލަތަކާއ، ހޫތީން މިހާރު ދެމުންގެންދާ ހަމަލާތަކާއި ޗައިނާގެ ނުފޫޒާ ދެކޮޅަށް ފެށި މިޝަންއެއް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައި ވެއެވެ.
އެ މިޝަންގައި އެކި ގައުމުތަކުގެ ކޯސްޓުގާޑުގެ ބޭފުޅުން ވެސް ބައިވެރިވެ އެވެ.
އެ މިޝަންގައި އެ މަނަވަރު ބަނދަރުކުރި ގައުމުތަކުގެ ތެރޭގައި މޮރިޝަސް، ސީޝެލްސް، މޮޒަންބީކް، ޓެންޒޭނިއާ، ސްރީލަންކާ، މަޑަގަސްކާ، ކެންޔާ އަދި ކޮމޯރޯސް ހިމެނެ އެވެ.
އިންޑިއާގެ މަނަވަރުތައް ރާއްޖޭގައި ދޭތެރެ ދޭތެރެއިން އަސްކަރީ ފަރިތަކުރުންތަކަށާއި އެކި ކަންކަމަށް ރާއްޖޭގައި ބަނދަރުކުރެ އެވެ.
