އައްޑޫ ސިޓީ މަރަދޫ 175 ގޯތި ދޫކުރަނީ

އައްޑޫ ސިޓީ މަރަދޫއިން 175 ގޯތި ދޫކުރަން ނިންމައި އެ ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މި ފަހަރު ދޫކުރާނީ 1500 އަކަފޫޓުގެ 175 ގޯތި ކަމަށެވެ. އަދި އެ ގޯތިތައް ދޫކުރަނީ މަރަދޫގެ އަލަށް ހިއްކާފައިވާބިމުން، ލޭންޑް ޔޫސް ޕްލޭން ގައި ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ކަމަށް ވެސް ބުންޏެވެ.
އެ ގޯތިތައް ދޫކުރަން ނިންމާފައިވަނީ ދެ ކެޓަގަރީއެއްގެ ދަށުން ނެވެ. އެއީ
- ކެޓަގަރީ އޭ ގެ ދަށުން 158 ގޯތި
- ކެޓަގަރީ ބީ ގެ ދަށުން 17 ގޯތި
ކެޓަގަރީ އޭ ގެ ދަށުން ގޯތިތައް ދޫކުރަން ނިންމާފައިވަނީ މަރަދޫގެ ރައްޔިތުންނަށެވެ. އަދި ކެޓަގަރީ ބީގެ ދަށުން ގޯތި ދޫކުރަނީ އައްޑޫގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށެވެ.
"ގޯއްޗަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 11 މޭ 2025 ވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00 އަށެވެ. ގޯއްޗަށް އެދި ހުށަހަޅަންޖެހޭނީ އުސޫލާ އެއްގޮތްވާގޮތުގެމަތިން ފޯމުގެ އަސްލެވެ." އިއުލާންގައި ބުނެފައި ވެއެވެ.
