Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ރައްޔިތުންގެ މަޖިލިސް

ޓެކްސީ ލައިނުގައި ކުދި މަގުތަކަށް ވަދެވޭ ވަރުގެ ކާރު ހުންނާނެ: އަމީން

ޓެކްސީ ލައިނުގައި ކުދި މަގުތަކަށް ވަދެވޭ ވަރުގެ ކާރު ހުންނާނެ: އަމީން

ސަރުކާރުގެ ޓެކްސީ ލައިނުގައި އެކި ސައިޒުގެ ކާރުތައް ހުންނާނެ ކަމަށާއި އޭގެ ތެރޭގައި މާލޭގެ ކުދި މަގުތަކަށް ވަދެވޭ ވަރުގެ ކާރުތައް ހިމެނޭ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މާލެ ސަރަހައްދުގައި ޓެކްސީ ލައިނުގެ ހިދުމަތް ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ.

އިލެކްޓްރޯނިކް ޓެކްސީ (އީވީ) މެދުވެރިކޮށް އެމްޓީސީސީން ފަށާ ހިދުމަތް ދޭނީ "އޫބާ" އާއި "ގްރޭބް" ކޮންސެޕްޓުގައި އެ ކުންފުނިން ތައްޔާރުކޮށްފައިވާ އަމިއްލަ ސޮފްޓްވެއާއެއް މެދުވެރިކޮށެވެ.

Advertisement
Allied — Dhen Online (box)

ޓްރާންސްޕޯޓް މިނިސްޓަރު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި ޓެކްސީ ލައިނުގެ ހިދުމަތް ފެށުމަށް ބޭނުންވާ ސައިޒުގެ ޓެކްސީ ހޯދަން އެމްޓީސީސީން އިއުލާނުކޮށް، ސަޕްލައިކުރަން ބަޔަކާ ހަވާލުކޮށްފައިވާ ކަމުގަ އެވެ. ޓެކްސީތައް ޗާޖުކުރުމާއި މެއިންޓެއިން ކުރުމަށް ބޭނުންވާ މަސައްކަތްތައް ކުރަމުންދާ ކަމަށާ ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާކަން ވެސް ފާހަގަކުރައްވާފައިވެ އެވެ.

ސަރުކާރުން ފެށުމަށް ނިންމާފައިވާ ޓެކްސީ ލައިނުގެ ހިދުމަތާ ގުޅޭގޮތުން ސުވާލުކުރުމަށް މިއަދުގެ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއަށް ޓްރާންސްޕޯޓް މިނިސްޓަރު ވަނީ ހާޒިރުކޮށްފަ އެވެ. ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ އެމްޓީސީސީން ޓެކްސީގެ ހިދުމަތް ފެށި ނަމަވެސް މިހާރު ވެސް އެ ހިދުމަތް ދެމުން އަންނަ ފަރާތްތަކަށް ގެއްލުން ނުވާނެ ސަބަބުތައް މީގެކުރިން ވެސް ފާހަގަކުރައްވާފައިވާނެ ކަމަށެވެ. އެ ސަބަބުތަކަށް އަލިއަޅުއްވާ ވެސް ލެއްވި އެވެ.

އެގޮތުން މިހާރު ވެސް ޓެކްސީ ކުރަމުންދާ ފަރާތްތަކަށް އެ މަސައްކަތް ކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ. ޓެކްސީކުރާ ފަރާތްތަކަށް ޓެކްސީ ލައިނުގައި ޕާޓް ޓައިމްކޮށް ނުވަތަ ފުލް ޓައިމްކޮށް ވެސް އެ މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

[caption id="attachment_282269" align="alignnone" width="959"]<img class="wp-image-282269 size-full" src="https://cdn.dhen.mv/wp-content/uploads/2025/05/20250507_104305.jpg" alt="" width="959" height="639" /> ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ / ފޮޓޯ:މަޖިލިސް[/caption]

އަމީން ވިދާޅުވި ގޮތުގައި އާންމުކޮށް ޓެކްސީ އޭ ބުނުމުން މީހުންނަށް އެނގެނީ އެއީ އެއް ސައިޒެއްގެ ކާރުތަކެއް ކަމުގަ އެވެ. އެހެންނަމަވެސް އެ ވިސްނުން ބަދަލުކޮށް ޓެކްސީ ކުރާނެ އެކި ސައިޒުގެ ކާރުތައް ހޯދަން ޖެހޭކަން ފާހަގަކުރެއްވި އެވެ.

"ސަރުކާރުން ނިންމަވައިގެން މި އުފައްދަވާ ޓެކްސީ ލައިނުގައި ހުންނާނީ އެއް ސައިޒެއް ނޫން. އޭގައި އުޅޭނެ ދެތިން ހަތަރު ސައިޒެއް. ވަރަށް ކުދިކުދި މާލޭގެ މަގުތަަކަށް ވެސް ވަދެވޭ ގޮތަށް،" އަމީން ވިދާޅުވި އެވެ.

އަދި އެއާޕޯޓަށާއި ހުޅުމާލެއަށް ދަތުރުކުރުމަށް ހާއްސަ ސައިޒުތަކެއްގެ ޓެކްސީ ވެސް އޭގެ ތެރޭގައި ހިމެނޭނެ ކަމުގަ އެވެ.

އެކި ސައިޒުތަކުގެ ޓެކްސީ ގެނައުމުގެ ބޭނުމަކީ މާލޭގެ ބައެއް މަގުތަކަކީ ހަނި މަގުތަކަކަށް ވުމާ އެކު އެފަދަ މަގުތަކަށް އެއް ސައިޒެއްގެ ކާރު ވަންނަން ދަތިތަކެއް ހުރުމުން ކަމުގައި ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވި އެވެ. އެކި ސައިޒުތަކުގެ ކާރު ގެނައުމުން އެ މައްސަލައަށް ހައްލު ލިބޭނެކަން ފާހަގަކުރެއްވި އެވެ.

ސަރުކާރުން ނިންމާފައި ވަނީ ޓެކްސީ ލައިނުގެ ހިދުމަތް ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށެވެ. ހިދުމަތުގެ ފުރަތަމަ ފިޔަވަހީގައި މި އަހަރު ހިދުމަތް ފަށާނީ މާލެ އާއި ހުޅުމާލެ އަދި ހުޅުލެއަށެވެ. ދެ ވަނަ ފިޔަވަހީގެ ދަށުން 2026 އާއި 2027 ވަނަ އަހަރު ވިލިމާލެ އަދި ތިލަފުއްޓަށް ދަތުރުތައް ކުރާނެ އެވެ. ރަސްމާލެ އާއި ގިރާވަރުގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށް ތިން ވަނަ ފިޔަވަހީގައި ދަތުރުތައް ހިދުމަތް އިތުރަށް ފުޅާކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 2028 އާއި 2029 ވަނަ އަހަރު ކުޅުދުއްފުށި ސިޓީއަށް ޓެކްސީ ލައިނުގެ ހިދުމަތް ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް