Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހައްޖުވެރިންގެ ޑެބިޓް ކާޑު ލިމިޓު 2000 ޑޮލަރާ ހަމައަށް ބޮޑުކޮށްދީފި

ހައްޖުވެރިންގެ ޑެބިޓް ކާޑު ލިމިޓު 2000 ޑޮލަރާ ހަމައަށް ބޮޑުކޮށްދީފި

މި އަހަރު ހައްޖަށްދާ ހައްޖުވެރިންގެ ޑެބިޓް ކާޑު ލިމިޓު 2000 ޑޮލަރާ ހަމައަށް ބޮޑުކޮށްދީފި އެވެ.

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)އިން މިއަދު ބުނީ މި ފަހަރު ހައްޖަށްދާ ކޮންމެ ހައްޖާޖީއަކަށް 1750 ޑޮލަރު ލިމިޓު ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށެވެ.

އަދި އޭގެ އިތުރުން މިހާރުވެސް ޑެެބިޓްކާޑުތަކަށް ލިބޭ 250 ޑޮލަރުގެ ލިމިޓް ވެސް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

Advertisement
Allied — Dhen Online (box)

އެއާއެކު ކޮންމެ ހައްޖާޖީއަކަށް 2000 ޑޮލަރުގެ ލިމިޓެއް ލިބޭނެ އެވެ.

ހަމަ އެހެންމެ ފުރާ ކޮންމެ ހައްޖާޖީއަކަށް 500 ޑޮލަރުވެސް ވިއްކާނެ އެވެ.

ހައްޖުވެރިންގެ ކާޑު ލިމިޓު ބޮޑުކޮށްދޭނީ ހައްޖު ކޯޕަރޭޝަންއިން ހައްޖަށް ދާ މީހުންގެ ލިސްޓު ހުށަހެޅުމުން ކަމަށް ބީއެމްއެލްއިން ބުންޏެވެ، އަދި ކާާޑު ލިމިޓު ހަމަވުމުން އެސްއެމްއެސް ފޮނުވާނެ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

މިދިޔަ ރޯދަ މަހު އުމްރާވެރިންގެ ކާޑު ލިމިޓުވެސް 1500 ޑޮލަރަށް ބީއެމްއެލްއިން ބޮޑުކޮށްދިނެވެ. އެއާއެކު ބީއެމްއެލްއިން އެއް މިލިއަން ޑޮލަރު ވިއްކި އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް