50 ކައުންސިލެއްގެ އާ އިމާރަތް ޗައިނާގެ އެހީގައި އަޅަނީ

ފަންސާސް ކައުންސިލްއެއްގެ އާ އިމާރާތް ޗައިނާގެ އެހީގައި އަޅަން ނިންމައިފި އެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފަ އެވެ.
އެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ސޮއިކުރެއްވި އިރު ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ އަލަށް އިމާރަތްކުރާ ކައުންސިލްތަކުގައި ޒަމާނީ ވޯކް ސްޕޭސް ހިމެނޭނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފްވެސް ބައިވެރިވެލެއްވިއިރު މިނިސްޓަރު ކުރިން ވިދާޅުވެފައިވާ ގޮތުގައި ބައެއް ކައުންސިލްތައް ހުރީ ބޮލަށް ވެއްޓޭ ހާލަތުގަ އެވެ.
ޗައިނާގެ އެހީގައި އަލަށް އަޅަނީ ކޮން ކައުންސިލްތްކެއްކަމަށް ކޮންސްޓްރަމްޝަން މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.
