ޚަބަރު

ބަނގުރަލުގެ ވިޔަފާރިކުރާ ތިން ބިދޭސީއަކު ޑީޕޯޓްކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހައްޔަރުކުރި ތިން ބިދޭސިން

ބަނގުރަލުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި  ތިން ބިދޭސީއަކު ޑީޕޯޓްކުރަން ނިންމައިފި އެވެ.

Ads by STELCO

މިދިޔަ ހޯމަ ދުވަހު އެ ތިން ބިދޭސީން ހައްޔަރުކުރީ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާ ތިން މީހުންނެވެ. އެއީ ސަހަޔާ އަޖިން ފްރެންޗިސް (27އ) އާއި ކަރުއްޕިއަހް ސުއްބައިއާ (52އ) އާއި ސައުތަރާ ރަޖަން އަނަންޗާ ޕެރުމަލް (49އ) އެވެ.

ފުލުހުން ބުނީ އެ ތިން މީހުން މާލޭ މަގުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު ތިން ފުޅި ބަނގުރާ ފެނުނު ކަމަށެވެ.  އަދި ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500އެމްއެލްގެ 30 ފުޅިއާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 5 ލީޓަރުގެ ތިން ފުޅި ވެސް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ތިން މީހުން ޑީޕޯޓުކުރުމަށް މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.