ޚަބަރު ވިޔަފާރި

މޯލްޑިވިއަންގެ ފަސް ވަނަ އޭޓީއާރު ބޯޓު ރާއްޖެ އަންނަން ދަތުރު ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މޯލްޑިވިއަންގެ ފަސް ވަނަ އޭޓީއާރު ބޯޓު ރާއްޖެ އަންނަން ދަތުރު ވަނީ ފަށާފައި / ފޮޓޯ:މޯލްޑިވިއަން

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފަސް ވަނަ އޭޓީއާރު ބޯޓު ރާއްޖެ އަންނަން ދަތުރު ފަށައިފި އެވެ.

Ads by STELCO

މޯލްޑިވިއަނުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ އެ އެއާލައިނުގެ ފަސް ވަނަ އޭޓީއާރު ބޯޓު ރާއްޖެ އަންނަން ފްރާންސްގެ ޓޫލޫޒުން މިހާރު ދަތުރު ފަށާފައިވާ ކަމަށެވެ.

އެ ދަތުރުގައި ގްރީސްގެ ހެރަކްލިއަންގައި ޓްރާންސިޓްކޮށްފައިވާ ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ. ދަތުރުގައި އިތުުރު ދެ މަންޒިލަކަށް ވެސް ބޯޓު ޖައްސާނެ އެވެ.

މޯލްޑިވިއަނުން ބުނި ގޮތުގައި އެ ދަތުރު ފެށީ ކެޕްޓަން އަބްދުﷲ ނާފިޒް އަދި ކެޕްޓަން އަލީ ޔާނިޝް އާއެކުގަ އެެވެ. އަދި އިންޖިނިއަރު އިބްރާހިމް ވާއިޒް މުހައްމަދު ވެސް ދަތުރުގައި ބައިވެރިވާ ކަމުގަ އެވެ.

"އަޅުގަނޑުމެންގެ ފްލީޓަށް އަލަށް އިތުރުވާ އެ އާ އެއާކްރާފްޓް އަންނާނެ ދުވަހަށް މި ތިބީ އިންތިޒާރުގައި،" މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަނުން އެންމެ ފުރަތަމަ އޭޓީއާރު މަރުކާގެ ބޯޓެއް ގެނައީ 2023 އަހަރުގެ ޖެނުއަރީ މަހު އެވެ. އެ ފަހަރު ދެ ބޯޓެއް ގެނަ އެވެ. އޭގެ ފަހުން އެ އަހަރުގެ އެޕްރީލް މަހު އަދި މިދިޔަ އަހަރުގެ މެއި މަހު ވެސް އެ މަރުކާގެ އިތުުރު ބޯޓުތައް ގެނަ އެވެ.

މޯލްޑިވިއަނުން ބޭނުން ކުރަމުން އަންނަ ޑޭޝްް-8 މަރުކާގެ ބޯޓުތައް އޭޓީއާރަށް ބަދަލު ކުރުމަށް އެ މަރުކާގެ ބޯޓުތައް ގެންނަން މަސައްކަތް ކުރަމުންދާއިރު، ވައިޑް ބޮޑީ އެއާކްރާފްްޓްތައް ވެސް އެ އެއާލައިނަށް ގެންނަން މިހާރު ވަނީ ފަށާފަ އެވެ.

Ads by Allied Insurance