Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ސުޕްރީމް ކޯޓަށް ހަމީދާއި ސަލީމް އައްޔަންކުރަން މަޖިލީހުން ރުހުންދީފި

ސުޕްރީމް ކޯޓަށް ހަމީދާއި ސަލީމް އައްޔަންކުރަން މަޖިލީހުން ރުހުންދީފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަލީމާއި ހަމީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ފާސްކޮށްފައިވަނީ 60 މެންބަރުންގެ ތާއިދާ އެވެ.

ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރެއްގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުތަކުގައި ތިއްބެވި ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމާ ގުޅިގެންނެވެ. ދެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ބޭއްވި މަޖިލިހުގެ ޖަލްސާއިން ފާސްކޮށްގެނެވެ.

Advertisement
HDC — Sidebar (box)

ހުސްވި ދެ ފަނޑިޔާރުންގެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެންމެ މަތިން މާކްސް ދީފައި ވަނީ ހަމީދާއި ސަލީމަށެވެ.

އަޒްމިރާލްދާ އާއި މަހާޒުގެ މައްސަަލަ އާއެކު އެކީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ސަސްޕެންޑުކޮށް ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފެށުމުން ސުއޫދު ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފަ އެވެ. ސުއޫދުގެ ބަދަލުގައި އެ މަގާމަށް ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ވަނީ އައްޔަންކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް