ޚަބަރު

ހަމީދާއި ސަލީމް ސުޕްރީމް ކޯޓު ފަނޑިޔާރުކަމަށް އައްޔަންކުރައްވައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު މިއަދު އައްޔަންކުރައްވައިފި އެވެ.

Ads by STELCO

އެ ދެ ފަނޑިޔާރުން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިއަދު ހެނދުނު ބޭއްވި ޖަލްސާގަ އެވެ. ދެ ފަނޑިޔާރުން އައްޔަން ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ ރައީސް އޮފީހުގައި މެންދުރުފަހުގަ އެވެ.

ފަނޑިޔާރުންނަށް މަގާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.

ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރެއްގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުތަކުގައި ތިއްބެވި ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމާ ގުޅިގެންނެވެ. ދެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ބޭއްވި މަޖިލިހުގެ ޖަލްސާއިން ފާސްކޮށްގެނެވެ.

ހުސްވި ދެ ފަނޑިޔާރުންގެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެންމެ މަތިން މާކްސް ދީފައި ވަނީ ހަމީދާއި ސަލީމަށެވެ.

އަޒްމިރާލްދާ އާއި މަހާޒުގެ މައްސަަލަ އާއެކު އެކީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ސަސްޕެންޑުކޮށް ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފެށުމުން ސުއޫދު ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފަ އެވެ. ސުއޫދުގެ ބަދަލުގައި އެ މަގާމަށް ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ވަނީ އައްޔަންކޮށްފަ އެވެ

Ads by Ooredoo