އެސްޓީއޯ ރަމަޟާން ބާޒާރުގެ ނަސީބުވެރި ފަރާތް ހޮވައިފި

އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން 2025 ވަނަ އަހަރުގެ ރަމަޟާން މަހާއި ގުޅިގެން ކުރިއަށް ގެންދިޔަ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ 100،000 ރުފިޔާގެ އިނާމުގެ ނަސީބުވެރިފަރާތް ހޮވައިފި އެވެ.
ނަސީބުވެރި ފަރާތް ހޮވާފައި ވަނީ ބުރާސްފަތި ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަ މާޓުގައި ބޭއްވި ކުޑަ ހަފްލާއެއްގަ އެވެ. މި އިނާމަކީ ރަމަޟާން ބާޒާރު ޕްރޮމޯޝަން މުއްދަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އަތޮޅު ތެރޭގެ އެސްޓީއޯ ފިހާރަތަކުން 500 ރުފިޔާއިން މަތިން ވިޔަފާރި ކުރި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތަކުން ހޮވުނު ނަސީބުވެރި ފަރާތަށް ދެވުނު 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.
ޖެނުއަރީ 9 އިން މާޗް 30 ގެ ނިޔަލަށް މާލެއާއި އަތޮޅު ތެރޭގެ އެސްޓީއޯ ފިހާރަތަކުގއި ކުރިއަށްދިޔަ މި ޕްރޮމޯޝަންގައި މިނޫންވެސް ތަފާތު ގިނަ އިނާމު ތަކަކާއި ޑިސްކައުންޓްތަކެއް ގައި ކަސްޓަމަރުން ވިޔަފާރި ކުރުމުގެ ފުރުސަތު ލިބިގެން ދިޔަ އެވެ. އެގޮތުން ކޮންމެ ހަފްތާއަކު ވިޔަފާރި ކުރި ފަރާތްތަކުގެ މެދުގައި ހޮވުނު ނަސީބުވެރި ފަރާތަކަށް ހަދިޔާއެއްގެ ގޮތުން ގިޕްޓް ހެމްޕާތައްވެސް އެއް ވަނީ ދެވިފަ އެވެ.
މާލޭގެ އިތުރުން އަތޮޅު ތެރޭގެ އެސްޓީއޯ ފިހާރަ ތަކުގައި މި ޕްރޮމޯޝަންއާއި ގުޅިގެން އާއިލީ ހަވީރުތަކާއި އިތުރު ގިނަ ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.