މިނިސްޓަރު ތޯރިގު އދ.ގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހީމް، އެލިނޯ ހަމަރޝޯލްޑް އާއި އެކު ބައްދަލުވުމެއް ބާއްވައިފި އެވެ.
އެލިނޯ ހަމާޝޯލްޑްއަކީ އދގެ ގާނޫނީ ކަންކަމާ ބެހޭ އަންޑަ ސެކްރެޓަރީ ޖެނެރަލް އަދި ލީގަލް ކައުންސެލް އެވެ.
އެ ބައްދަލުވުމުގައި، އޯޝަން އެފެއާޒް އަދި ލޯ އޮފް ދަ ސީގެ ޑިވިޝަންގެ އިސް ވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. މި ޑިވިޝަނުން މިހާރު ވަނީ ބީބީއެންޖޭ އެއްބަސްވުމުގެ ވަގުތީ ސެކްރެޓޭރިއެޓްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.
ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ބީބީއެންޖޭ އެއްބަސްވުން ގައުމީ ފެންވަރުގައި ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަމާއި، ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކަށް ލިބެންހުރި ގާބިލުކަން އިތުރުކުރުމުގެ ފުރުސަތުތަކާ ބެހޭ ގޮތުންނެވެ.
"ދިވެހިރާއްޖެއަކީ ކަނޑުގެ ވަސީލަތްތަކަށް ބަރޯސާވާ ގައުމަކަށް ވުމާއެކު، ބީބީއެންޖޭ އެއްބަސްވުން ތަންފީޒުކުރުމަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ކަމެކެވެ. އަދި މިކަމުގައި އ.ދގެ އެހީތެރިކަން ލިބުމަކީ އަޅުގަނޑުމެން އުފަލާއެކު ބަލައިގަންނަ ކަމެކެވެ." ތޯރިގު ވިދާޅުވި އެވެ.
ބީބީއެންޖޭ އެއްބަސްވުމަކީ ގައުމީ އިހްތިސާސްގެ ބޭރުގައިވާ ކަނޑުގެ ދިރުންތަކުގެ ދެމެހެއްޓެނިވި ބޭނުންކުރުމާއި ހިމާޔަތްކުރުމާ ގުޅޭ ބައިނަލްއަގްވާމީ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ސަބަބުން ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް، އޭގެ މަންފާ ހަމަހަމަކަމާއެކު ބެހިގެންދާނެ ކަމަށް ބެލެވެ އެވެ.
