ހެލްތުގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ކުރިމަތިލުމަށް ހުޅުވަލާއިފި

ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ކުރިމަތިލުމަށް ހުޅުވަލާއިފި އެވެ.ސިވިލް ސާވިސްގެ އިއުލާންގައިވަނީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ، ހެލްތުގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު އޮގަސްޓު 09 ގައި ގައި ހުސްވާނެތީ އެވެ.
މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު؛ ސަރުކާރުގައި ނުވަތަ ޕަބްލިކް ޕްރައިވެޓް ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 6 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެނުވަތަ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު؛ ސަރުކާރުގައި ނުވަތަ ޕަބްލިކް ޕްރައިވެޓް ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ހިމެނޭ އެވެ.
މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން 06 ޖުލައި ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ސިވިލް ސާވިސް ކޮމިޝަނުގެ އިދާރާއަށް ހުށަހެޅުމަށް އިއުލާންކޮށްފައިވާއިރު، ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް mv.gov.csc@admin މެދުވެރިކޮށް ވެސް ބަލައިގަނެވޭނެ ކަމަށް އިއުލާނުގައިވެ އެވެ.