Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރިކުރި މައްސަލައަކާ ގުޅިގެން ޒައިދާން އަނެއްކާވެސް ހައްޔަރުކޮށްފި

ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރިކުރި މައްސަލައަކާ ގުޅިގެން ޒައިދާން އަނެއްކާވެސް ހައްޔަރުކޮށްފި
ސައްހަ ނޫން ޓްރާންސްފާ ސްލިޕް ފޮނުވައިގެން ވިޔަފާރިކުރި މައްސަލަތަކުގައި މީގެކުރިން އެކި ފަހަރުތަކުގެ މަތިން ހައްޔަރުކޮށްފައިވާ ޒައިދާން މުހައްމަދު ހާޝިމް އެފަދަ މައްސަލައަކާ ގުޅިގެން އަނެއްކާވެސް ހައްޔަރުކޮށްފި އެވެ. ފުލުހުން މިއަދު ބުނީ ސައްހަ ނޫން ޓްރާންސްފާ ސްލިޕް ފޮނުވައިގެން އެކި ފިހާރަތަކުން ވިޔަފާރިކުރި މައްސަލަތަކަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ:
  • ގ. ސިނަމާލެ 1 05-13، ޒައިދާން މުހައްމަދު ހާޝިމް (28އ)
  • ބަންގްލަދޭޝްއަށް ނިސްބަތްވާ އަފްރިން އަކްތަރު (30އ)
ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެވެ. އެ މީހުން ހައްޔަރުކުރީ މިދިޔަ މެއި މަހުގެ އެކި ދުވަސް މަތިން، ހުޅުމާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕްތަކެއް ފޮނުވައިގެން މުދާ ގަނެފައިވާތީ އެ މަހުގެ 16 ވަނަ ދުވަހު އެ އިދާރާއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގެ ތަހުގީގުގައި ބެލިބެލުމުން ޒައިދާން، މާލޭގައި ހުންނަ އިތުރު ދެ ފިހާރައަކުން ވެސް ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން މުދާ ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމުގަ އެވެ. އަދި އޭނާ ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓުގެ ދެ އެޕާޓްމަންޓަކަށް، ސައްހަ ނޫން ސްލިޕް ފޮނުވައިގެން ގަނެފައިވާ ކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ އެޕާޓްމަންޓުތައް ބަލައި ފާސްކުރިއިރު، މައްސަލައިގެ ތަހުގީގާ ގުޅުންހުރި އެ ތަކެތި ފެނިފައިވާކަން ފާހަގަކުރި އެވެ. https://dhen.mv/284402 ފުލުހުން ބުނީ މައްސަލައިގެ ތަހުގީގުގައި އިތުރަށް ބެލިބެލުމުން ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން ތިން ފިހާރައަކުން ތަކެތި ހޯދާފައިވާ ކަމަށެވެ. އެއީ:
  • ހުޅުމާލޭގައި ހުންނަ ފިހާރައަކުން 36،467 ރުފިޔާގެ ތަކެތި
  • މާލޭގައި ހުންނަ ފިހާރައަކުން 31،150 ރުފިޔާގެ ތަކެތި
  • މާލޭގެ އެހެން ފިހާރައަކުން 5،817 ރުފިޔާގެ ތަކެތި
ފުލުހުން ބުނި ގޮތުގައި އެ މައްސަލަ އާ ގުޅިގެން ހައްޔަރުކުރި، ޒައިދާނުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށާ އަދި އަފްރިން ފަސް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމުގަ އެވެ. ޒައިދާން މަކަރާއި ހީލަތުން ފައިސާ އާއި މުދާ ހޯދާ ކަމަށް ތުހުމަތު ކުރެވޭ 11 މައްސަލައެއްގެ ތަހުގީގު މިހާރު ވެސް ކުރަމުންދާ ކަމަށާ އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ދެ މައްސަލައެއްގެ ޝަރީއަތް ކުރިއަށްދާކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް