މިނިވަން ދުވަހާ ގުޅިގެން ޖުލައި 28 ބަންދުވާނެ

އަންނަ ޖުލައި މަހުގެ 28 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު އެގޮތަށް ނިންމެވީ މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން ކަމަށެވެ.
އެގޮތުން މި އަހަރަކީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށް ވުމާއެކު، މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން، ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާތީއާއި، މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންދުވާ 2025 ޖުލައި 27 ވާ އާދީއްތަ ދުވަހު ބާއްވާ ހަރަކާތްތަކުގެ އިތުރުން، ޖުލައި 28 ވާ ހޯމަ ދުވަހުގެ ޕުރޮގުރާމުގައިވެސް މުހިންމު ބައެއް ކަންކަން ހިމެނޭތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ނިންމުމާއެކު މިނިވަން ދުވަހުގެ ބަންދުގެ ގޮތުގައު 4 ދުވަސް ލިބޭނެ އެވެ.
