Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ލޭންޑިން ކްރާފްޓުން ދަތުރުކުރި އެކަކު ނިޔާވެއްޖެ، އިތުރު ބަޔަކަށް ފަރުވާ ދެނީ

ލޭންޑިން ކްރާފްޓުން ދަތުރުކުރި އެކަކު ނިޔާވެއްޖެ، އިތުރު ބަޔަކަށް ފަރުވާ ދެނީ

ޅ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި އެ އުޅަނދުން ދަތުރުކުރި މީހަކު ނިޔާވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މާލެއިން ޅ. އަތޮޅަށް ދަތުރު ކުރަނިކޮށް ބަންޑުން ޖަހާލީ ސިވެކްގެ "އެލްސީ 308" ލޭންޑިން ކްރާފްޓް ކަމަށެވެ. އެ އުޅަނދުން ހަ މީހަކު ދަތުރުކުރި ކަމަށެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ ތިން ސިފައިންނާ އަދި ތިން ބިދޭސީން ކަމުގައި ފާހަގަކުރި އެވެ.

ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށާއި އެ މައުލޫމާތު ލިބުމާ އެކު ކަނޑުމަގުންނާއި ވައިގެމަގުން އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

Advertisement
Allied Insurance — Square (box)

އެމްއެންޑީއެފުން ބުނި ގޮތުގައި އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލުނު ކަމުގެ މައުލޫމާތު ލިބިގެން އެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ޑައިވަރުން ކުރަމުންދާ ކަމުގަ އެވެ.

[caption id="attachment_287855" align="alignnone" width="999"]<img class="wp-image-287855 size-full" src="https://cdn.dhen.mv/wp-content/uploads/2025/06/20250625_152041.jpg" alt="" width="999" height="762" /> ލޭންޑިން ކްރާފްޓް ބަންޑުން ޖެހީ މާލެއިން ޅ. އަތޮޅަށް ދަތުރު ކުރަމުން ދަނިކޮށް / ފޮޓޯ:އެމްއެންޑީއެފް[/caption]

ޅ. އަތޮޅު ހޮސްޕިޓަލުގެ އޮފިޝަލަކު "ދެން" އަށް ވިދާޅުވީ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ފަރުވާ ދިނުމަށް އެ ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރެއިން އެކަކު ނިޔާވެފައިވާ ކަމަށެެވެ. ނިޔާވެފައި ވަނީ ދިވެއްސެއް ކަމަށާއި އިތުރު ހަތަރު މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. ފަރުވާ ދެމުން ދަނީ ދެ ދިވެހިންނާއި ދެ ބިދޭސީންނަށް ކަމުގައި އޮފިޝަލް ފާހަގަކުރެއްވި އެވެ.

އެމްއެންޑީއެފުން ބުނީ ގެއްލުނު މީހުންގެ ތެރެއިން ފެނިފައި ވަނީ ވޮރަންޓް އޮފިސަރު 2 އަލީ ހާމިދު ކަމަށެވެ. އޭނާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ގެއްލިފައިވާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް