Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ލޭންޑިން ކްރާފްޓުން ގެއްލުނު ބިދޭސީ މީހާ ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި

ލޭންޑިން ކްރާފްޓުން ގެއްލުނު ބިދޭސީ މީހާ ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި
ޅ. އަތޮޅު ކައިރިއަށް މިދިޔަ ބުދަ ދުވަހު ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލުނު ބިދޭސީ މީހާ ހޯދަން އެމްއެންޑީއެފް ސިފައިން ބޮޑު ސަރަހައްދެއް ބަލައިފި އެވެ. މާލެއިން ޅ. އަތޮޅަށް ދަތުރު ކުރަނިކޮށް މިދިޔަ ބުދަ ދުވަހު ބަންޑުން ޖަހާލީ ސިވެކްގެ "އެލްސީ 308" ލޭންޑިން ކްރާފްޓް އެވެ. އެ އުޅަނދުން ހަ މީހަކު ދަތުރުކުރި އެވެ. އެއީ ތިން ދިވެހިންނާއި ތިން ބިދޭސީންނެވެ. އެއިން ދިވެހި ސިފައިންގެ އެކަކު ނިޔާވިއިރު ބަންގްލަދޭޝް އެކަކު ނުފެނެ އެވެ. ސިފައިން މިރޭ ބުނި ގޮތުގައި ސިވެކްގެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ވަގުތުން ފެށިގެން ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުންނާއި، އަދި ކޯސްޓްގާޑުގެ އުޅަނދުތަކުން ކަނޑުމަގުން އަންނަނީ ބަލަމުންނެވެ. ސަރޗް އޮޕަރޭޝަންގެ ތަފްސީލް (މިހާތަނަށް އެކު ޖުމްލަ ބެލުނުވަރު)
  • ސަރފަސް ސަރޗް - 1035 ސްކްއަރ ނޯޓިކަލް މޭލް
  • އޭރިއަލް ސަރޗް - 1496 ސްކްއަރ ނޯޓިކަލް މޭލް
ބަންގްލަދޭޝް މީހާ އަދިވެސް ނުފެނެ އެވެ. މި ހާދިސާގައި ނިޔާވީ ވޮރަންޓް އޮފިސަރު 2 އަލީ ހާމިދެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް