ރާއްޖެއާ ސިންގަޕޫރާ ދެމެދު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ތިން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުންތަކުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެވެ.
ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގައި އެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް މިއަދު ބޭއްްވި ރަސްމިއްޔާތުގައި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ބައިވެރިވެވަޑައިގެންފިއެވެ.
މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި
- ގާބިލުކަން ބިނާކުރުމުގެ ދާއިރާއިން އެއްބާރުލުންދިނަށް ދިވެހި ސަރުކާރާއެކު ސޮއިކުރި އެއްބަސްވުން
- ރާއްޖޭގެ ޓޫރިޒަމް އަދި އެންވަޔަރަމަންޓް މިނިސްޓްރީއާއި ސިންގަޕޫރުގެ ސަސްޓެއިނަބިލިޓީ އެންޑް އެންވަޔަރަމަންޓާ މިނިސްޓްރީއާ ދެމެދު ސޮއިކުރި އެއްބަސްވުން
- މަތީ ތައުލީމާއި، ތައުލީމީ ސިޔާސަތާއި، ފަންނީ އަދި ވޮކޭޝަނަލް ތައުލީމާއި ދިރާސާގެ ދާއިރާއިން އެއްބާރުލުންދިނުމާ ގުޅޭގޮތުން، ރާއްޖޭގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ސިންގަޕޫރުގެ އިންސްޓިޓިއުޝަން އޮފް ޓެކްނިކަލް އެޑިއުކޭޝަނާ ދެމެދު ސޮއިކުރި އެއްބަސްވުން

Ads by Ooredoo