އެމްބީއެސް އިން ހޮޓްލައިން ނަންބަރެއް ތައާރަފުކޮށްފި

މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އިން ހޮޓްލައިން ނަންބަރެއް ތައާރަފުކޮށްފި އެވެ.
އެމްބީއެސް އިން ބުނީ ހޮޓްލައިން ނަންބަރެއް ތައާރަފްކޮށްފައިވަނީ ހިދުމަތް ހޯދާ ފަރާތްތަކަށް ހިދުމަތް ހޯދުމުގައި ލުއި ފަސޭހަ ކުރުމުގެ މަގްސަދުގައި ކަމަށެވެ.
އެގޮތުން އެ އިދާރާ ހުޅުވާފައި ހުންނަ ގަޑިތަކުގައި މި ނަންބަރު މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ ކަމަށެވެ. އަދި އެ ނަންބަރުން ވައިބާ އާއި ވަޓްސްއެޕް މެދުވެރިކޮށް ވެސް މައުލޫމާތު ސާފު ކުރެވޭނެގޮތް ހަމަޖެހިފައިވާނޭ ކަމަށް އެމްބީއެސްގެ އިއުލާންގައިވެ އެވެ.
އެމްބީއެސް އިން ތަޢާރަފްކުރި ހޮޓްލައިން ނަންބަރަކީ 7333645 އެވެ.

Ads by HDC