ޚަބަރު

ފުލުހުންގެ ޓީމެއް މާޅޮހުގައި

. ، ދެން އޮންލައިން
އއ މާޅޮހުގައި 65 އަހަރުގެ މީހަކު މަރާލާފައި އޮއްވާ ފެނުނު ގެ ހިމެނޭ ސަރަހައްދު ފުުލުހުން ބަންދުކޮށްފައި: ފޮޓޯ/ ދައުރު

އއ. މާޅޮހު ގެއެއްގައި ނިދާފައި އޮއްވައި ޒަހަމްތަކަކާއެކު ފެނުނު އަބްދުއްރަހްމާން އާދަމް (65އ) މަރުގެ ތަހުގީގަށް ފުލުހުންގެ ޓީމެއް އެ ރަށަށް ގޮސްފި އެވެ.

Ads by STELCO

މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް އަބްދުއްރަހުމާނު މަރުވީ ރޭ ފަތިހު އެވެ. އެ ރަށު ބައެއް މީހުން ކިޔަދިން ގޮތުގައި އަބްދުއްރަހުމާނުގެ ބޮލަށް ހަމަލާދިނުމުގެ ސަބަބުން ބޮލުގެ ބޮޑުބައި ވަނީ ޗިސްވެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ ޓީމު އެ ރަށުގައި ހަރަކާތްތެރިވަމުންދާއރު ރަށަށް އަރައިފައިބާ މީހުން މޮނިޓާކުރަމުންދާނެ ކަމަށެވެ.

އަބްދުއްރަހުމާނުގެ މަރުގެ މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

Ads by HDC