ޚަބަރު

ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކީރިތި ގުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިން ރަޖިސްޓްރީކުރުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

Ads by STELCO

މި މުބާރާތުގައި ބައިވެރިން ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އޮގަސްޓު މަހުގެ 17 ގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިން ރަޖިސްޓްރީ ކުރަން ހަމަޖެހިފައިވަނީ ވަންގަވް މެދުވެރިކޮށެވެ.

މިއަހަރުގެ ގައުމީ ގުރުއާން މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ މުބާރާތެ ކެވެ. އެގޮތުން މިދިޔަ އަހަރުން ފެށިގެން މުބާރާތުގެ ފެންވަރު ރަނގަޅުކޮށް ބައިވެރިންނަށް ރަނގަޅު އިނާމުތަކެއް ލިބޭނެ މުބާރާތަކަށް ހެދުމަށް ސަރުކާރުން ނިންމާފައިވެ އެވެ.

ބައިވެރިން ރަޖިސްޓްރީ ކުރާ ލިންކު: https://one.gov.mv/entities/CHQ

Ads by Allied Insurance