ޚަބަރު

އަންނަ ހަފްތާގައި ފްލެޓް އެއްބަސްވުމުގައި ސޮއިކުރަން ފަށާނީ

. ، ދެން އޮންލައިން
ނޫސްވެރިންގެ ބައްދަލުވުމެއް ގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތޮލިބް ވާހަކަ ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

ރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހުކޮޅު "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރި 4،000 ފްލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންނާއެކު އެގްރީމެންޓުގައި ސޮއިކުރަން ފަށާނެ ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރޭ ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރޭ ކުރިއަށް ދިޔަ "އަހާ" ޕްރޮގްރާމުގައި މިނިސްޓަރު ވިދާޅުވީ ފްލެޓުތަކާ ގުޅިގެން މިނިސްޓްރީއަށް ލިބުނު ޝަކުވާތައް ބަލައި، ފްލެޓް ލިބޭނެކަން ކަށަވަރުވާ މީހުންގެ ލިސްޓު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ފްލެޓްތަކާ ގުޅިގެން ހުށައެޅި މައްސަލަތަކާ ޝަކުވާތައް ބަލާ، މައްސަލައެއް ނެތި ފްލެޓް ލިބޭކަން ކަށަވަރުވާ މީހުންގެ ލިސްޓް އެކުލަވާލަމުންދާކަމަށެވެ. މުއްތަލިބު ވިދާޅުވި ގޮތުގައި ފްލެޓުގެ ކަންތައްތައް ދިގުލައިގެންދަނީ ބައެއް މައުލޫމާތުތައް ޔަގީންކުރަން ވަގުތުތަކެއް ނަގާތީވެ އެވެ.

"އަންނަ ހަފްތާފައި އެގްރިމެންޓްގައި ސޮއިކުރުމުގެ މަސައްކަތް ފެށޭނެ" މިނިސްޓަރު ވިދާޅުވި އެވެ.

"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރި ފްލެޓު ލިބޭ މީހުންގެ ލިސްޓު ރިވިއު ކުރުމަށް ފަހު އާންމުކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ.

ފްލެޓު ލިބޭ މީހުންގެ ލިސްޓުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް މިހާތަނަށް ކަށަވަރު ކުރެވިފައި ވަނީ 1،820 މީހުންނަށް ކަމުގައި މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

ވެރިފިކޭޝަން މަރުހަލާ ނިމުނުއިރު، 3 ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3،721 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ، 75 ޕޮއިންޓަށް ވުރެން މަތިން ޕޮއިންޓް ލިބިފައި ވަނީ 1،423 ފަރާތަކަށެވެ. ދެ ކޮޓަރީގެ ލިސްޓުގައި ހިމެނޭ 1،218 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ، 73 ޕޮއިންޓަށް ވުރެ މަތިން ޕޮއިންޓް ލިބިފައި ވަނީ 397 ފަރާތަކަށް ކަމުގައި މިނިސްޓްރީން ބުނެފައިވެ އެވެ.

މިދިޔަ ސަރުކާރުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމުން ބައެއް މީހުން ވަނީ އެ ފްލެޓު ހަވާލުކުރުމުގެ ކަންކަމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޝަކުވާ ހުށަހަޅާފަ އެވެ. އަދި އެ ޝަކުވާތަކާ ގުޅިގެން އޭސީސީގެ ތަހުގީގު ނިމެންދެން އެއްބަސްވުމުގައި ސޮއިކުރުމާއި ފްލެޓު ހަވާލު ކުރުމުގެ ކަންކަން މަޑުޖައްސާލަން އޭރު އޮތް ސަރުކާރަށް ކޮމިޝަނުން އެންގި އެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، އޭސީސީން ބުނެފައި ވަނީ ކުރީ ސަރުކާރުން ދޫކުރި 4،000 ފްލެޓު ދީފައިވާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ފްލެޓުތަކުގެ ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 އިންސައްތަ ކަމަށާ އަދި ޝަރުތު ފުރިހަމަ ވިނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 އިންސައްތަ ކަމަށް އޭސީސީން ބުނެފައިވެ އެވެ.