ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފިި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަންނާނީ މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ރައީސް އޮފީހުން ކަމަށެވެ.
ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.
އެ ޓްރައިބިއުނަލްގެ މެމްބަރުންގެ ދައުރަކީ ފަސް އަހަރެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މިހާރު ތިއްބަވަނީ:
- ހަސަން ޒުހައިރު މުހައްމަދު، ގ. މާވާރުލު
- އިބްރާހީމް ޝަރީފް، ގ. އަލިޝާ
- ޝިފްޒާ ޢަބްދުލް ގައްޔޫމް، ގަސްދޮށުގެ، ގއ. ނިލަންދޫ
- އަބްދުލް ގަނީ މުހައްމަދު، ހ. ހޯސްޓްސައިޑް

Ads by HDC