ރުކަށް ގެއްލުންދޭ ޕެސްޓް ކޮންޓްރޯލްކުރަން ޗައިނާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ރުއްތަކަަށް ކުރިމަތިވާ ކޮންޓްރޯލް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ތަންފީޒީ އެއްބަސްވުމުގައި އެގުރިކަލްޗާ މިނިސްޓްރީއާއި ޗައިނާއާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ސަފީރު ހިޒްއެކްސެލެންސީ ކޮންގް ޝިއަންހުއާ އެވެ.
މީގައި ހިމެނެނީ ދިވެހިރާއްޖެއާއި ޗައިނާއިން 20 ސެޕްޓެމްބަރު 2019ގައި ސޮއިކޮށްފައިވާ 'އެގްރީމެންޓް އޮން އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން' އަދި 10 ޖަނަވަރީ 2024ގައި ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާ ސިޓީތަކުގައި، ޗައިނާ ސަރުކާރުން ޕްރޮޖެކްޓް ހިންގުމަށް އެއްބަސްވެފައިވާ ކަންކަމެވެ.
ދެ އަހަރު ދުވަހަށް ދެމިގެންދާ މި ޕްރޮޖެކްޓުން ބަލާނެ ދާއިރާތަކަކީ ރާއްޖޭގެ ފުޑް ސެކިއުރިޓީއަށާއި އެގްރިބިޒްނަސް ކުރިއެރުވުމަށް ވެސް މުހިންމު ބާވަތެއް ގޮތުގައި ކަނޑައަޅާފައިވާ ދިވެހި ރުކެވެ.
މި ޕްރޮޖެކްޓްގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖެއަށް ބޯޑަރު ހުރަސްކޮށް އެތެރެވެފައިވާ ރުކާއި ރުކުގެ ބައިތަކަށް ގެއްލުންދޭ ޕެސްޓު ކޮންޓްރޯލް ކުރުމެވެ.