ޚަބަރު

ވޭމަންޑޫގައި އައިޑީ ކާޑުގެ ހިދުމަތް ފަށައިފި

. ، ދެން އޮންލައިން
ވޭމަންޑޫގައި އައިޑީ ކާޑުގެ ހިދުމަތް ފެށުމުގެ ތެރެއިން/ ފޮޓޯ: ހޯމް މިނިސްޓްރީ

އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް ތ. ވޭމަންޑޫގައި ފަށައިފި އެވެ.

Ads by MPL

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

ހޯމް މިނިސްޓްރީން ބުނީ އައިޑީ ކާޑުގެ ހިދުމަތް ތ. ވޭމަންޑޫގައި ފެށުމާއެކު ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށެވެ.

ވޭމަންޑޫގައި ފެށި އެ ހިދުމަތާއެކު މިހާރު 27 ރަށެއްގައި މި ހިދުމަތް ލިބޭނެ އެވެ. ޑީއެންއާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް ފެށުމެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ އަމާޒަކީ، މި އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ގާއިމުކުރުމެވެ.

އަދި ހަމައެއާއެކު ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް މި ހިދުމަތް ފެށުމަށްދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ހިދުމަތް ފެށުމަށްދަނީ ތައްޔާރުވަމުންނެވެ.

ރާއްޖޭއިން ބޭރުގައި އައިޑީކާޑުގެ ހިދުމަތްތައް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާ އެވެ.

އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގަ އެވެ. އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން ހިދުމަތް ގާއިމުކޮށްފައިވަނީ ގއ.ވިލިނގިލީގަ އެވެ.

Ads by HDC