ޚަބަރު

ޕޯސްޓްމޯޓަމް ހެދުމަށްފަހު އަބްދުއްރަހުމާނުގެ ހަށިގަނޑު ރާއްޖެ ގެނެސްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އއ މާޅޮހުގައި 65 އަހަރުގެ މީހަކު މަރާލާފައި އޮއްވާ ފެނުނު ގެ ހިމެނޭ ސަރަހައްދު ފުުލުހުން ބަންދުކޮށްފައި: ފޮޓޯ/ ދައުރު

އއ. މާޅޮހު ގެއެއްގައި ނިދާފައި އޮއްވައި ޒަހަމްތަކަކާއެކު ފެނުނު އަބްދުއްރަހްމާން އާދަމް (65އ)ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު ރާއްޖެ ގެނެސްފި އެވެ.

Ads by STELCO

ފުލުހުން ބުނި ގޮތުގައި އޭނާގެ ހަށިގަނޑު މާލެ ގެނެސް މޮޗުއަރީއަށް ވަނީ ލައިފަ އެވެ. ހަށިގަނޑު ރާއްޖެ ގެނައީ މިރޭ އަށެއް ޖަހަނިކޮށެވެ.

މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް އަބްދުއްރަހުމާނު މަރުވީ މި މަހުގެ 13 ވަނަ ދުވަހުގަ އެވެ.

އެ ރަށު ބައެއް މީހުން ކިޔަދިން ގޮތުގައި އަބްދުއްރަހުމާނުގެ ބޮލަށް ހަމަލާދިނުމުގެ ސަބަބުން ބޮލުގެ ބޮޑުބައި ވަނީ ޗިސްވެފަ އެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ މީހަކު ނުވަތަ ބަޔަކު އަދި ހޯދިފައެއް ނުވެ އެވެ. އަބްދުއްރަހުމާނަކީ ސިހުރު ހަދާ މީހެއް ކަމަށް ތުހުމަތުކޮށް ރަށު ތެރޭގައި ވާހަކަ ދައްކަ އެވެ.

 

Ads by HDC