ޚަބަރު

އަބްދުއްރަހްމާންގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު

. ، ދެން އޮންލައިން

އއ. މާޅޮހު ގެއެއްގައި ނިދާފައި އޮއްވައި ޒަހަމްތަކަކާއެކު މަރާލާފައި އޮއްވައި ފެނުނު އަބްދުއްރަހްމާން އާދަމް (65އ)ގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހު ބޭއްވުމަށް ނިންމައިފި އެވެ.

Ads by STELCO

ޕޯސްޓުމޯޓަމް ހެދުމަށް ފަހު އަބްދުއްރަހުމާނުގެ ހަށިގަނޑު ރޭ މާލެ ގެނެސް މޮޗުއަރީއަށް ވަނީ ލައިފަ އެވެ. ހަށިގަނޑު ރާއްޖެ ގެނައީ ރޭ އަށެއް ޖަހަނިކޮށެވެ.

އޭނާގެ ޖަނާޒާ އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު މާލޭ އާސަހަރާ މިސްކިތުގަ އެވެ.

މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް އަބްދުއްރަހުމާނު މަރުވީ މި މަހުގެ 13 ވަނަ ދުވަހުގަ އެވެ.

އެ ރަށު ބައެއް މީހުން ކިޔަދިން ގޮތުގައި އަބްދުއްރަހުމާނުގެ ބޮލަށް ހަމަލާދިނުމުގެ ސަބަބުން ބޮލުގެ ބޮޑުބައި ވަނީ ޗިސްވެފަ އެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ މީހަކު ނުވަތަ ބަޔަކު އަދި ހޯދިފައެއް ނުވެ އެވެ. އަބްދުއްރަހުމާނަކީ ސިހުރު ހަދާ މީހެއް ކަމަށް ތުހުމަތުކޮށް ރަށު ތެރޭގައި ވާހަކަ ދައްކަ އެވެ.