ޚަބަރު

އެމްޕީއެލްއާއެކު އެންޓީޓީސީގެ ފަހުނާމާއެއްގައި ސޮއިކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެމްޕީއެލްއާއެކު އެންޓީޓީސީގެ ފަހުނާމާއެއްގައި ސޮއިކުރުން

ނެޝެނަލް އެޕްރެންޓިސް ޕްރޮގްރާމްތަކާއި ނެޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސެޓިފިކޭޝަން (އެންޓީޓީސީ) ހިންގުމުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ފަހުނަމާނާއެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މޯލްޑިވްސް ނެޝަނަލް ސްކްލިސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)އާ ދެމެދު  ދުވަހު ސޮއިކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހު އެމްއެންއެސްޑީއޭގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެ ފަހުމުނާމާގައި އެމްޕީއެލްގެ ފަރާތުން  ސޮއިކުރެއްވީ ޗީފް ލާރނިން އެންޑް ޑިވެލޮޕްމަންޓް އޮފިސަރު އައިޝަތު ޝިމްލާއެވެ. އަދި އެމްއެންއެސްޑީއޭގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޒަހްރާ މުހައްމަދެވެ.

އެ ފަހުމުނާމާގެ ދަށުން އެމްޕީއެލްގެ ޕޯޓް ޓްރެއިނިން ސެންޓަރު (ޕީޓީސީ) އިން ހިންގާ ނެޝަނަލް އެޕްރެންޓިސް ޕްރޮގްރާމްތަކާއި އެންޓީޓީސީ ޕްރޮގްރާމްތަކުގެ ކޮލިޓީ އެޝުއަރަންސް އެމްއެންއެސްޑީއޭ އިން ކަށަވަރުކުރާނެ އެވެ. އަދި އެމްޕީއެލްއިން ހިންގާ ނެޝަނަލް އެޕްރެންޓިސް ޕްރޮގްރާމްތަކާއި އެންޓީޓީސީ ހިންގުމުގައި އެމްއެންއެސްޑީއޭއިން ފަންނީ އެހީތެރިކަން ވެސް ފޯރުކޮށްދޭނެ އެވެ.

އެމްޕީއެލްގެ ޕޯޓް ޓްރެއިނިން ސެންޓަރުން އެމްޕީއެލްގެ މުވައްޒަފުންނަށް ކޮންމެ އަހަރަކުވެސް ދަނީ ތައުލީމާއި ތަމްރީނުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.

އަދި އޭގެ އިތުރުން، ޒުވާނުން މެރިޓައިމް ދާއިރާއަށް ވައްދައި، ޝައުގުވެރިކަން އިތުރުކުރުމަށް އިންޓާންޝިޕް އަދި އެޕްރެންޓިސް ޕްރޮގްރާމްތައްވެސް ޕޯޓް ޓްރެއިން ސެންޓަރުން ދަނީ ކުރިއަށް ގެންދަމުންނެވެ.

Ads by Allied Insurance