ޚަބަރު

ޓާމިނަލް ހުޅުވާ ވަގުތު ހަ މިނެޓަށް މާލެ ވަށައިގެން ހަވާ އަރުވަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވަނީ.. ފޮޓޯ: ސަން މީޑީޔާ

‏ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ މުނާސަބަތުގައި މާލޭ ވަށައިގެންނާއި އެއާޕޯޓް ކައިރިން ވެސް ހަވާ އަރުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ސިފައިން ބުނި ގޮތުގައި މާލެ ވަށައިގެން ކަނޑުގެ 16 ސަރަހައްދަކުން ހަވާ އަރުވާނެ އެވެ. އަދި އެއާޕޯޓް ކައިރިން 3 ސަރަހައްދަކުން ހަވާ އަރުވާނެ އެވެ.

ހަވާ އަރުވަން ފަށަނީ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ފެށުމަށް ފަހު މާދަމާ ރޭ 8:30 ހާއިރެވެ. ހަ މިނެޓަށް ހަވާ އަރުވާނެ ކަމަށް ސިފައިން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!