ޚަބަރު

ބ. އަތޮޅުގައި އާރުޓީއެލް ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ބ. އަތޮޅުގައި ދުއްވާ އާރުޓީއެލްގެ ލޯންޗެއް--

ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް މިއަދު ފަށައިފި އެވެ.

Ads by STELCO

އެމްޓީސީސީން ބުނީ އާރުޓީއެލްގެ ހިދުމަތް ބ. އަތޮޅުގައި ފެށުމުން އެ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށް ގުޅާލެވިގެންދާނެ ކަމަށެވެ.

އޭގެ ތެރޭގައި ޑޮމެސްޓިކް އެއާޕޯޓެއް ވެސް ހިންގަމުންދާ ބ. ދަރަވަންދޫ ވެސް ހިމެނެ އެވެ..

އާރުޓީއެލްގެ ހިދުމަތް އަތޮޅެއްގައި ފަށާ ފުރަތަމަ ހަފުތާ ދަތުރުކުރަން ހިލޭ ލިބެ އެވެ. ބ. އަތޮޅުގައި ވެސް މިއަދުން ފެށިގެން އޮގަސްޓް 3 އަށް ހިލޭ ދަތުރުކުރެވޭނެ އެވެ.

މިއީ އާރުޓީއެލްގެ ހިދުމަތް ލިބޭ 11ވަނަ އަތޮޅެވެ.

މިހާރު އާރުޓީއެލްގެ ހިދުމަތް ނުލިބެނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ.

ސަރުކާރުން ދަނީ ބާކީ ހުރި އަތޮޅުތަކަށް ވެސް އާރުޓީއެލްގެ ހިދުމަތް ފަށަން މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން އެކި އަތޮޅުތަކުން އާބަން ސެންޓަރުތަކަށް ދަތުރުކުރެވޭނެ ރޫޓުތަކާއި އެއް އަތޮޅުން އަނެއް އަތޮޅަށް ދަތުރުކުރެވޭ ރޫޓުތަކާ އެކު ހިދުމަތް ފުޅާކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

މި ވަގުތު އެންމެ އުތުރުގެ ތިން އަތޮޅުގެ ރަށްރަށަށް އެ ގޮތަށް ދަތުރުކުރެ އެވެ. އަދި ދެކުނުގެ ތިން އަތޮޅުގެ ރަށްރަށަށް ވެސް އެ ގޮތަށް ދަތުރުކުރެވެ އެވެ.

Ads by Ooredoo