ޚަބަރު

މާވަށުގައި މީހަކު މަރާލި މައްސަލާގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

. ، ދެން އޮންލައިން
މޫސަ މަރާލީ މައްސަލާގައި ހައްޔަރުކުރި މުހައްމަދު އިބްރާހިމް

ލ. މާވަށުގައި ވަޅިން ހަމަލާދީ މޫސާ އިބްރާހިމް (29އ) މަރާލި މައްސަލާގައި ހައްޔަރުކުރި ހދ. ނޮޅިވަރަންފަރު، އަސްކަރީ މަންޒިލް، މުހައްމަދު އިބްރާހިމް (29އ) ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

Ads by STELCO

މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮންނަ މުހައްމަދު އިބްރާހިމް ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. މޫސާ އަށް ހަމަލާދޭން އިބްރާހިމް ގެންގުޅުނު ވަޅި ފުލުހުން ވަނީ ހޯދާފަ އެވެ.

ފުލުހުން ބުނީ، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށެވެ.

ތަހުގީގަށް ބޭނުންވާ އިތުރު ތަހުލީލުތައް ހަދަން މޫސަގެ ހަށިގަނޑު ރޭ ވަނީ މާލެ ގެނެސްފަ އެވެ.

Ads by HDC