ޚަބަރު

އޮޓޮޕްސީ ހަދަން މޫސަގެ ހަށިގަނޑު ބޭރަށް ފޮނުވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މާވަށުގައި ވަޅިން ހަމާލާދީ މަރާލީ މޫސާ އިބްރާހިމް

ލ. މާވަށުގައި ވަޅިން ހަމަލާދީ މަރާލި މޫސާ އިބްރާހިމް (29އ) ގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ބޭރަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

Ads by STELCO

ތަހުގީގަށް ބޭނުންވާ އިތުރު ތަހުލީލުތައް ހަދަން މޫސަގެ ހަށިގަނޑު ހޯމަ ދުވަހުގެރޭ ވަނީ މާލެ ގެނެސްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އޮޓޮޕްސީ ހެދުމަށް ތަހުގީގު ނިންމައި މޫސަގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޕޯސްޓުމޯޓަމް ހަދަން އާއްމުކޮށް ފޮނުވަނީ އިންޑިއާ އަށެވެ.

މޫސަ މަރާލި މައްސަލާގައި ހދ. ނޮޅިވަރަންފަރު، އަސްކަރީ މަންޒިލް، މުހައްމަދު އިބްރާހިމް (29އ) ޝަރީއަތް ނިމެންދެން އިއްޔެ ވަނީ ބަންދުކޮށްފަ އެވެ.