ޚަބަރު

އާރުޑީސީގެ އެމްޑީގެ މަގާމުން ޒުހައިރު ވަކިކޮށް އެޗްޑީސީގެ އެމްޑީގެ މަގާމަށް އައްޔަނުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އާރްޑީސީގެ އެމްޑީ އަލީ ޒުހައިރު/ ފޮޓޯ: ދެން

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެ މަގާމުން ވަކިކޮށް  އެޗްޑީސީގެ އެމްޑީގެ މަގާމަށް މިއަދު އައްޔަނުކޮށްފި އެވެ.

Ads by STELCO

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ) އިން އެކަން ހާމަަކޮށް އެކްސްގައި ކުރި ޕޯސްޓުގައި ބުނި ޒުހައިރުގެ ބަދަލުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިހާރު މއ. އެލީޒިއަމް، އިބްރާހިމް ނަޒީމް ހަމަޖައްސާފައިވާ ކަމަށެވެ.

ޒުހައިރު އެޗްޑީސީގެ އެމްޑީގެ މަގާމަށް އައްޔަނުކުރި އިރު މުހައްމަދު މައުރޫފް ޖަމީލް، އެޗްޑީސީގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވީ މިއަދު އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 22 ގައި އެޗްޑީސީގެ އެމްޑީ އަކަށް އައްޔަންކުރި މައުރޫފް އިސްތިއުފާ ދެއްވީ އަންނަ މަހުގެ 18 އިން ފެށިގެން ރިޓަޔާކުރައްވާ ގޮތަށް އޭނާ ކުރިން ނިންމާފައިވެސް އޮއްވަ އެވެ.

ނަމަވެސް އޭގެ ކުރިން އިސްތިއުފާ ދެއްވި ސަބަބެއް އެނގިފައެއް ނުވެ އެވެ.

މައުރޫފް ވަނީ ހުޅުމާލެ ހިއްކަން ފެށި ދުވަސްވަރު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ހުންނަވައިގެން މަޝްރޫއު ކުރިއަށް ގެންދިއުމުގައި އިސް ދައުރެއް އަދާކުރައްވާފަ އެވެ.

އޭގެ ފަހުން ރައީސް އޮފީހުގެ ދަށުން ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓް އުފެއްދިއިރު އެ ޔުނިޓުގައި އެންމެ އިސްކޮށް ހުންނެވީ އޭނާ އެވެ. އަދި އެޗްޑީސީގެ ސީއީއޯގެ މަގާމު ވެސް ދުވަސްކޮޅަކަށް އަދާކުރެއްވި އެވެ.

އެ މަގާމުން މައުރޫފް ވަކިވެވަޑައިގެންނެވީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ފަހު ދައުރުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!