Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މާމެންދޫއަށް ގެންދިޔަ މަސްތުވާތަކެތި އަތުލައިގެންފި

މާމެންދޫއަށް  ގެންދިޔަ މަސްތުވާތަކެތި  އަތުލައިގެންފި

ލ. މާމެންދޫއަށް ގެންދިޔަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ފުލުހުން މިއަދު ބުނީ މާމެންދޫއަށް ދަތުުރުކުރަމުންދާ ބޯޓަކުން އެ ރަށަށް މަސްތުވާތަކެތި ގެންދާކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަަނުގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނައި ކަމަށެވެ.

ެެއެގޮތުން މާމެންދޫއަށް އެ ބޯޓު ގާތްކުރުމުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 115 ސެލޯފިންކޮޅު ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

Advertisement
HDC — Sidebar (box)

އެ ބޯޓުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން ފެނުނު އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 82 ގުރާމު ހުއްޓެވެ.

ނަމަވެސް އެ އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް