ލައިފްސްޓައިލް

ކައިވެނި ކުރުމުން ބަރުދަން ލުއި ކުރުމަށް އެހީވެދޭ: ދިރާސާ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކައިވެނި ކުރުމަކީ އޭގެ ސަބަބުން ދެމަފިރިންގެ ބަރުދަން ލުއި ކުރުމަށް އެހީވެދޭ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

Ads by STELCO

މި ދިރާސާ ކުރި ސައިންސްވެރިން ވަނީ 20 ގެ އަހަރު ތަކުގައި ފަލަކޮށް ތިބި 3000 އަށް ވުރެ ގިނަ މީހުންގެ ބަރުދަން ބަލައި ޓްރެކް ކޮށްފައެވެ. އެގޮތުން މި މީހުން ކައިވެނި ކުރުމާ ހަމައިން ބަރުދަން ލުއި ވެފައިވާކަން ފާހަގަ ކޮށްފައި ވެއެވެ.

މީގެ ތެރެއިން ގިނަ މީހުން ކައިވެންޏަށް 8 އަހަރުވުމާ ހަމައަށް ނުވަތަ އެއަށް ވުރެ ގިނަ ދުވަހު ހިކިކޮށް ތިބިކަން ވެސް ދިރާސާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ކައިވެނި ކުރިއިރު ވެސް ހިކިކޮށް ތިބި މީހުން ކައިވެނީގެ ފަހުން ވެސް ތިބީ އެވަރަށް ކަމަށް ވަނީ ފާހަގަ ކޮށްފައެވެ.

މި ދިރާސާކުރި ސައިންސްވެރިން ބުނެފައިވާ ގޮތުގައި ކައިވެނި ކުރުމަކީ ސިއްހަތަށް ފައިދާހުރި ލައިފްސްޓައިލެއް ބިނާ ކުރުމަށް ހުޅުވިގެންދާ ދޮރެކެވެ. އަދި އެކަމުގެ ސަބަބުން ދެމީހުނަށް ވެސް ބަރުދަން ލުރި ކުރަން އެހީވެދެއެވެ.

ޕާސަނަލް ރިލޭޝަންޝިޕްސް ޖާނަލް ގައި ޝާއިއުކޮށްފައިވާ މި ދިރާސާ އަކީ މީގެ ކުރިން މިކަމަށް ކުރި ދިރާސާތަކުގެ ނަތީޖާ އާ މުޅިން އިދިކޮޅު ނަތީޖާ އެއް ނިކުމެފައިވާ ދިރާސާއެކެވެ. މީގެ ކުރިން ކުރި ބައެއް ދިރާސާތަކުން ކައިވެނީގެ ސަބަބުން ބަރުދަން އިތުރުވާ ކަމަށް ވަނީ ބުނެފައެވެ.

 

  1. ހުވަދޫ

    ކުނެފެޅަ ވާހަަކަ ތި ލެޔަންނޫ

  2. ބޯހަލާކު

    ދީނީ ނަޒަރަކުން ކާވެނީގެ ރުރަތަމ ރޭގެ މުހިންމ ކަން އަދި އެރޭގެ ކަންތ ތަރުތީބު ކުރާނެ ގޮތ މިނޫހުގ ފަރާާތުނ ކިޔުން ތެރިންނ ގެނެސް ދީބ ވ އުންމީދ ކުރަން