Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފޭސް އެކެއްގައި އެސްޓީއޯގެ އާ ފާމަސީއެއް ހުޅުވައިފި

ފޭސް އެކެއްގައި އެސްޓީއޯގެ އާ ފާމަސީއެއް ހުޅުވައިފި

އެސްޓީއޯއިން ހުޅުމާލޭގެ ފޭސް އެކެއްގައި އާ ފާމަސީއެއް ހުޅުވައިފި އެވެ.

ހުޅުމާލޭ ހުވަނދުމާ ހިނގުމުގައި، ހުޅުމާލެ ހޮސްޕިޓަލް ކައިރިީގައި އެސްޓީއޯއިން އަލަށް ހުޅުވި "އެސްޓީއޯ ފާމަސީ ސެންޓްރަލް" ގެ ހިދުމަތް އިއްޔެ ފަށާވެސް ފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެ ފާމަސީ ހުޅުވުމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެސްޓީއޯގެ ސިއްހީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް އެސްޓީއޯއިން ބުންޏެވެ.

Advertisement
Allied — Dhen Online (box)

އަދި އެސްޓީއޯގެ އެހެނިހެން ފާމަސީތަކެކޭ އެއްފަދައިން، މި ފާމަސީން ބޭސް އަދި މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރުން، ނެޕީ، ކޮސްމެޓިކްސް އަދި ނެބިއުލައިޒާ ފަދަ ތަކެތި ވިއްކުމުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.

އެ ފާމަސީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ފެށިގެން މެންދަމު 12:00 އާ ހަމައަށް ހުޅުވިފައި ހުންނާނެއެވެ. އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދުމަތް ލިބިގަތުމަށްޓަކައި ނަގުދު ފައިސާގެ އިތުރުން ކާޑުން ފައިސާ ދެއްކުމުގެ ހިދުމަތާއި، އާސަންދަ އަދި އެހެނިހެން އިންޝުއަރެންސް ޕްލޭންތަކުގެ ހިދުމަތްވެސް ލިބެން ހުންނާނެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް