ބ އަތޮޅުގައި މެމޮގްރަފީގެ ހިދުމަތް ފަށައިފި

އުރަމަތީގެ ކެންސަރު ހުރިކަން ދެނެގަތުމަށް ކުރާ ސްކޭނިން (މެމޮގްރަފީ)ގެ ހިދުމަތް ބ.އަތޮޅު ހޮސްޕިޓަލް (ބ. އޭދަފުށި) ގައި ފަށައިފި އެވެ.
އެ ހިދުމަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ކެންސާ އަށް ސްކްރީން ކުރުމަށް މެމޮގްރަފީގެ ހިދުމަތް މިއަދު ބ.އަތޮޅުގައި ފަށާފައިވާއިރު، ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކުން މި ހިދުމަތް ލިބޭނެ އެވެ. އަދި އެ ހިދުމަތް މިހާރު ފުޅާކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން އިތުރު ހޮސްޕިޓަލްތަކުން މި ހިދުމަތް ދިނުމަށް ވަނީ ރޭވިފަ އެވެ.
އޭގެ ތެރޭގައި ފުރަތަމަ ފޭސްގައި އެ ހިދުމަތް ފެށުމަށް ރޭވިފައިވާ އަތޮޅު ތަކުގެ ތެރޭގައި ބ.ހއ. ށ.ގއ. އަދި ފުވައްމުލަށް ސިޓީ ހިމެނެ އެވެ.