އޭދަފުށީގައިވެސް އިމިގްރޭޝަންގެ އޮފީހެއް ހުޅުވައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި

ބ. އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވައި، އެ އޮފީހުން ޕާސްޕޯޓާއި އައިޑީ ކާޑުގެ ހިދުމަތް ދޭން ފަށައިފި އެވެ.
އެ އޮފީސް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
އޭދަފުށީ އިމިގްރޭޝަން އޮފީހުގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި، އެންމެ ފުރަތަމަ ޕާސްޕޯޓު ވެރިފަރާތާ ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. އެ ރަސްމިއްޔާތުގައި އިމިގްރޭޝަން ކޮންޓްރޯލާ އަހުމަދު ފަސީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމްވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެ އޮފީހުން މިއަދުން ފެށިގެން ޕާސްޕޯޓަށް އެދި ހުށަހެޅުމާއި، ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތުގެ އިތުރުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމުގެ ހިދުމަތް ވެސް ލިބެން ހުންނާނެ އެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސް މުއިއްޒުގެ މުހިންމު ސިޔާސަތަކެވެ. އެމަނިކުފާނުގެ މި ސިޔާސަތުގެ ދަށުން އެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާހްކުރައްވާފަ އެވެ.
އަތޮޅުތަކުގެ އެކި ސަރަހައްދުތަކުގައި ހިދުމަތް ފަށަމުން އަންނައިރު މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައިވެސް ޕާސްޕޯޓްގެ ހިދުމަތް ވަނީ ދޭން ފަށާފަ އެވެ. މަނަދޫގައި މި ފެށުނު ޕާސްޕޯޓުގެ ހިދުމަތާއެކު މިހާރު ޖުމްލަ 12 އަތޮޅަކަށް އެ ހިދުމަތް ފުޅާކޮށްފައިވެ އެވެ.
އަތޮޅުތަކުގެ އެކި ސަރަޙައްދުތަކުގައި މި ހިދުމަތް ފަށަމުން އަންނައިރު މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައިވެސް ޕާސްޕޯޓްގެ ހިދުމަތް ވަނީ ދޭން ފަށާފަ އެވެ. މަނަދޫގައި މި ފެށުނު ޕާސްޕޯޓުގެ ހިދުމަތާއެކު މިހާރު ޖުމްލަ 12 އަތޮޅަކަށް މި ހިދުމަތް ފުޅާކުރެވިފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.
