Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މީޑިއާތަކަަށް ދައުލަތުގެ އާމްދަނީގެ 0.1 ޕަސެންޓް ފައިސާ ދޫކުރަން ފަށަނީ

މީޑިއާތަކަަށް ދައުލަތުގެ އާމްދަނީގެ 0.1 ޕަސެންޓް ފައިސާ ދޫކުރަން ފަށަނީ
މީޑިއާތަކަަށް ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓް ފައިސާ ދޫކުރަން ނިންމައި މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުސޫލު މިއަދު އާންމުކޮށްފި އެވެ. މީޑިއާތަކަށް މާލީ އެހީ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ސަރުކާރުގެ ގެޒެޓުގައި މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުސޫލު މިއަދު ގެޒެޓުކޮށްފައިވާ އިރު އެ އުސޫލުގައި ބުނެފައިވާ ގޮތުން އެ އުސޫލުގެ މަގުސަދަކީ ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަކީ މާލީގޮތުން ފުދުންތެރ،ި މާލީ މިނިވަންކަން ލިބިފައިވާ މީޑިއާތަކެއްކަން ކަށަވަރުކުރުމާއެކ،ު ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ހަމަހަމައަށް މާލީ އެހީ ލިބޭކަން ކަށަވަރުކުރުމެވެ. އެގޮތުން މި އަހަރުން ފެށިގެން ވަކި އުސޫލެއްގެ ދަށުން މިއަހަރުން ފެށިގެން ކޮންމެ އަހަރަކަށް ފާސްކުރާ ދައުލަތުގެ ބަޖެޓުގައި ހިލޭ އެހީއާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އައު ކަންކަމުން ލިބޭނެކަމަށް ލަފާކުރާ ފައިސާއާއ،ި ވަކި ކަމަކަށް ހިމަނައިފައިވާ ފައިސާ ނުހިމަނައި ބަޖެޓުގެ އަންދާޒާކުރެވޭ އާމްދަނީގެ 0.1 ޕަސެންޓަށްވާ ފައިސާ މީޑިއާތަކަށް ދޫކުރާނެ ކަމަށް އުސޫލުގައި ބުނެފައިވެެ އެވެ. އެ އުސޫލުގެ ދަށުން މި އުސޫލުގެ ދަށުން މާލީ އެހީއަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް މިނިސްޓްރީން އަހަރަކު އެއްފަހަރު އިޢުލާނު ކުރަން ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އުސޫލުގެ ދަށުން
  • އަމިއްލަ ބްރޯޑްކާސްޓިން މީޑިއާތަކަށް ދޫކުރާނީ މީޑއާތަކަށް ދޫކުރާ ފައިސާގެ 35 ޕަސެންޓް،
  • އަމިއްލަ ޕްރިންޓް އޮންލައިން މީޑިއާތަކަށް ދޫކުރާނީ މީޑިއާތަކަސް ދޫކުރާ ފައިސާގެ 65 ޕަސެންޓް
މީޑިއާތަކަށް ފައިސާ ދޫކުރާ އުސޫލު އާންމުކުރި އިރު ރަޖިސްޓްރީކޮށްގެން ނޫނީ ނޫސް މަޖައްާތައް ނުހިންގޭ ގޮތަށް ހަދަން މަޖިލީހަށް ބިލެއް ވެސް މިހާރު ވަނީ ހުށަހަޅައިފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް