އާ ޖެނެރޭޓަރު މައްސަލަ ޖެހި ކެންދޫ ކަނުއަނދިރީގައި

ކުރިން ކަރަންޓުގެ މައްސަލަ ޖެހިގެން މިފަހުން ބ. ކެންދޫއަށް ގެންދިޔަ ޖެނެރޭޓަރު ވެސް މައްސަލަ ޖެހި މިރޭ އެ ރަށް ކަނުއަނދިރީގައި އޮތް ކަމަށް ރަށު ކައުންސިލުން ބުނެފި އެވެ.
ރަށު ކައުންސިލްގެ ރައީސް އިބްރާހީމް އަބްދުއްރަހުމާން 'ދެން އޮންލައިން' އަށް ވިދާޅުވީ އާ ޖެނެރޭޓަރުގައި ވެސް މައްސަލަ ޖެހިގެން އޯވަހޯލް ކުރަން ޖެހިގެން އުޅޭ ކަމަށެވެ.
ރޭ ވެސް އެ ކަމަށް ތިން ގަޑިއިރު ކަރަންޓު ކަނޑާލާފައި ބެހެއްޓި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. މިރޭ ވެސް ހަތެއް ޖެހީއްސުރުން ފެށިގެން ރަށަށް ކަރަންޓު ނުލިބޭ ކަމަަށް އޭނާ ވިދާޅުވި އެވެ.