ޚަބަރު

އާންމުކޮށް އެތެރެކުރާ މޭވާއާއި ތަރުކާރީ އެސްޓީއޯ މެދުވެރިކޮށް ގަނޑުކޮށް އެތެރެކުރަން ފަށަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މާރުކޭޓް -- ދެން އިމޭޖްސް

އާންމުކޮށް ރާއްޖެ އެތެރެކުރާ މޭވާއާއި ތަރުކާރީ އެސްޓީއޯ މެދުވެރިކޮށް ގަނޑުކޮށް އެތެރެކުރަން ފަށަން ސަރުކާރުން ނިންމައިފި އެވެ.

Ads by STELCO

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިއަދު ވިދާޅުވީ ރާއްޖޭގައި ފުޑް ސެކިޔުރިޓީ ގާއިމުކުރުމަށް މެނިފެސްޓޯގައި އެމަނިކުފާނު ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރަމުންދާ ކަންކަމުގެ ތެރެއިން ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ،ހަކުރު،ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެމޭވާ އާއި 10 ބާވަތުގެ ތަރުކާރީ އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ވިއްކަން ފަށަން ކެބިނެޓްގައި މިއަދު މަޝްވަރާކޮށް ނިންމާފައިވާ ކަމަށެވެ.

އެ ނިންމުމުގެ ދަށުން  މުގު، ބިސް، އަދި އަލުވި ވެސް އެސްޓީއޯއިން ގެންނާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އެފަދައިން މިއަދު އިއުލާންކުރެއްވި އިރު ދިވެހީން އާންމުކޮށް ބޭނުންކުރާ އާފަލާއި އޮރެންޖުގެ އަގު އިންތިހާއަށް ވަނީ އުފުލިފަ އެވެ.

އެގޮތުން ކުރިން ފަސް ރުފިޔާއާއި ހަތް ރުފިޔާއަށް ދެމެދުގެ އަގުތަކަކަށް ލިބެން ހުރި އާފަލާއި އޮރެންޖުގެ އަގު މިހާރު ވަނީ 12 ރުފިޔާއަށް އަރައިފަ އެވެ.

އާފަލާއި އޮރެންޖު އެތެރެކުރާ ވިޔަފާރިވެރިން ބުނީ އެތަކެތީގެ އަގުތައް އުފުލުނީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުމުން ކަމަށެވެ. ނަމަވެސް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނީ އެ ތަކެތި އަގު ބޮޑުކުރީ ގަސްދުގައި ބޮޑު ފައިދާ ހޯދަން ކަމަށެވެ.

އާފަލާއި އޮރެންޖު ނޫން މޭވާއާއި ތަރުކާރީގެ އަގު މި ފަހުން ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

Ads by HDC