ނޫސްވެރިން މުޒާހަރާކުރަމުން ދަނިކޮށް މީޑިއާ ބިލު މަޖިލީހުން ފާސްކޮށްފި

ނޫސްވެރިން މުޒާހަރާކުރަމުން ދަނިކޮށް މީޑިއާތައް ރެގިއުލޭޓްކުރާ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލުގެ މަސައްކަތް މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ފާސްކުރީ މިއަދު އެވެ.
އަދި ހަމަ މިއަދު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހައި އެ ބިލު ވަނީ ފާސްކޮށްފަ އެވެ. އެ ބިލު ފާސްކުރަން 60 މެމްބަރަކު ވޯޓު ދެއްވި އެވެ.
އެ ބިލު ފާސްކުރީ ބަންޑާރަ ނައިބުގެ އޮފީހުގެ ލަފަޔާއެކު ހުށަހެޅި އިސްލާހުތަކާ އެކު އެވެ.
އެގޮތުން ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ ބިލުން އޮތީ އުނިކޮށްފަ އެވެ.
ބިލުގައި ބުނެފައިވާ ގޮތުން ލައިސަންސް ލިބިފައިވާ ފަރާތަކުން މީޑިއާ ގާނޫނުގެ ދަށުން ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑު ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ލައިސަންސް ދިނުމުގެ ޝަރުތަކާ ހިލާފުވެއްޖެނަމ،ަ 50,000 ފަންސާސް ހާސް ރުފިޔާ އާއި 250,000ރުފިޔާއާ ދެމެދުގެ
ޢަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރެވެނޭ އެވެ.
އަދި އޭގެ އިތުރުން ލައިސަންސް ލިބިފައިވާ ފަރާތަކުން ގާނޫނާއި ގަވާއިދާ ހިލާފުވަމުންދާނަމ،ަ އަދި އެކަން ރަނގަޅުކުރުމަށް އެންގުމުން ރަނގަޅުނުކޮށްފިނަމ،ަ އެ ފަރާތެއްގެ ޕްރޮގްރާމްގެ ޝެޑިއުލްގެ ބައެއް ވަގުތީ ގޮތުން މެދުކަނޑާލުމަށް ވެސް އެންގޭނެ އެވެ.
ބިލުގައިވާ ގޮތުން އެ ބިލު ފާސްވެ ގާނޫނަކަށް ވުމުން މޯލްޑިވްސް މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަން އުވިގެންދާނެ އެވެ. އަދި އެއާއެކު "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން"ގެ ނަމުގައި ކޮމިޝަންއެއް ރައީސް އުފައްދަވަން ޖެހޭނެ އެވެ.
