Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން ހަވާލުކޮށްފި

ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން ހަވާލުކޮށްފި
ތ. ގުރައިދޫ ސިއްހީ މަރުކަޒާއި ތ. ގާދިއްފުށީ ސިއްހީ މަރުކަޒު  ހޮސްޕިޓަލަކަށް ބަދަލުކުރަން އަލަށް އިތުރުކުރެވޭ އިމާރާތްތައް އަޅަން ވެމްކޯއާ މިއަދު ހަވާލުކޮށްފި އެވެ. މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފަ އެވެ. އެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް  މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު  ފޯ ބިޒިނަސް ޑެވެލޮޕްމަންޓް އެންޑް މާކެޓިންގ އިސްމާއިލް އުބައިދު އެެވެ. އެ އެއްބަސްވުންތަކުގެ ދަށުން ދެ ރަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން ސިއްހީ މަރުކަޒުން މިހާރު ބޭނުންކުރާ އިމާރާތުގެ ކައިރީގައި އާ އިމާރާތްތަކެއް އަޅާނެ އެވެ. އެ ދެ މަޝްރޫއުގެ އިތުރު ތަފްސީލު
  • ގުރައިދޫ ހޮސްޕިޓަލު ޕްރޮޖެކްޓް ހަވާލުކުރީ 32.8 މިލިއަން ރުފިޔާއަށް 325 ދުވަސް ތެރޭ ނިންމަން
  • ގާދިއްފުށީ ހޮސްޕިޓަލު ޕްރޮޖެކްޓް ހަވާލުކުރީ 12.8 މިލިއަން ރުފިޔާއަށް 325 ދުވަސް ތެރޭ ނިންމަން
ވެމްކޯއަށް މިއަދު ވަނީ ތ. މަޑިފުށީ ސިއްހީ މަރުކަޒުގެ އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ނިންމަން ވެސް ހަވާލުކޮށްފަ އެވެ. އެ މަސައްކަތް ހަވާލުކުރީ 12.8 މިލިއަން ރުފިޔާ އަށް  325 ދުވަސް ތެރޭ ނިންމާ ގޮތަށެެވެ. ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ އދ. ކުނބުރުދޫ ސިއްހީ މަރުކަޒުގައި އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތާއި ފ. ފީއަލީ ސިއްހީ މަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ވެސް ހަވާލުކޮށްފަ އެވެ. އެ އެއްބަސްވުންތަކުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޖަމްޝީދު އެވެ. ކުނބުރުދޫ ސިއްހީ މަރުކަޒުގެ މަޝްރޫއު ހަވާލުކުރީ 8.2 މިލިއަން ރުފިޔާއަށް 300 ދުވަސް ތެރޭ ނިންމާ ގޮތަށެވެ. އަދި ފީއަލީ ސިއްހީ މަރުކަޒުގެ މަޝްރޫއު ހަވާލުކުރީ 21.6 މިލިއަން ރުފިޔާއަށް  360 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް