ޚަބަރު

ވޯޓަކާ ނުލާ އާ މީޑިއާ ކޮމިޝަންއަށް ހަތަރު މެމްބަރަކު ހޮވިއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މީޑިއާ ކޮމިޝަނަށް އިންތިހާބުވި ޒަމްއަތު (ކ) ސަގީފް (ވ) އަދި ސިމާހާ (މ)

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ އާ ގާނޫނުގެ ދަށުން މީީޑިއާތައް ރެގިއުލޭޓްކުރަން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންއަށް ވޯޓަކާ ނުލާ ހަތަރު މެމްބަރަކު އިންތިހާބުވެއްޖެ އެވެ.

Ads by STELCO

އާ ގާނޫނުގެ ދަށުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. ހަތް މެމްމަބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަން އެކުލެވިގެންވަނީ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުން ހިމެނޭ ގޮތަށެވެ.

އޭގެ ތެރެއިން މީޑިއާތައް ތަމްސީލުކުރާ މެމްބަރުންގެ މަގާމަށް ހުޅުވާލުމުން  އެކެއްގެ ކެނޑިޑަސީ ބަތިލުކޮށް އެކެއްގެ ނަން އަނބުރާ ގެންދިޔަ އެވެ.

އެހެންވރ ހަތަރު މީހަކު ވާދަވެރިކަމެއް ނެތި ވަނީ އިންތިހާބުވެފަ އެވެ.

ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމަށް އިންތިހާބު ވެފައިވަނީ، މޫނިމާގެ / ށ. ފޭދޫ، އަބްދުލް އަޒީޒް އިބްރާހީމް އާއި މަލަ / ގދ. ތިނަދޫ، ޒަމްއަތު އަޙްމަދު ވަހީދު އެވެ.

އަދި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމަށް އިންތިހާބުވެފައިވަނީ، ވެލީގެ / ގދ. ރަތަފަންދޫ، ސިމާހާ ނަސީމް އާއި ހިސާން / ހދ. ވައިކަރަދޫ، ހުސައިން ސަގީފްއެވެ.

އާ ކޮމިޝަންއަށް މަޖިލީހުން ކަނޑައަޅާ މެމްބަރުންގެ މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ  ފުރުސަތު ހުޅުވާލައިފައިވާ އިރު އެ ފުރުސަތު މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ހަމަވާނެ އެވެ.