ޚަބަރު

13.6 މިލިއަން ސިނގިރޭޓު ގެއްލުނު މައްސަލާގައި 4 މީހަކު ހައްޔަރުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ފުލުހުންގެ ވެހިކަލްތަކެއް/ ފޮޓޯ: ދެން

ހުޅުމާލެ އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުރި 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 13.6 މިލިއަން ސިނގިރޭޓު ގެއްލުނު މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

Ads by STELCO

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަތަރު މީހަކު ހައްޔަރުކުރުމުގެ އިތުރުން 12 މީހަކު ފުރުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ.

ވަގަށް އެތެެރެކުރި ބްރޭންޑްތަކުގެ ސިނގިރޭޓަށް ޑިއުޓީދައްކަން އާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު، އެތަކެތީގެ އަގު 122 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެ އެވެ.

މިދިޔަ އޭޕްރީލް މަހު އެ ސިނގިރެޓްތައް އަތުލައިގަތީ ކަނޑުމަގުން ގެނައި ފްލައިވުޑް ޝިޕްމެންޓެއް ކަސްޓަމްސްއިން ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ.

މިދިޔަ އަހަރު ނިމެން އުޅެނިކޮށް ފާސްކުރި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނުނުގެ އާ އިސްލާހުތަކާއެކު ދުންފަތުގެ ބާވަތްތަކުން ޓެކްސް ވަނީ ވަރަށް ބޮޑުތަނުން ބޮޑުކޮށްފަ އެވެ.

Ads by Ooredoo