ޚަބަރު

ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު އެކަކު އަދިވެސް ނުފެނޭ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މިދިޔަ ބުދަ ދުވަހުގެ ރޭ ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު އެކަކު އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

Ads by STELCO

ހަތް މީހުންނާއެކު މާލެއިން ފުރައިގެން ކ. އެރިޔަދޫއަށް ދަތުރުކުރަނިކޮށްބަންޑުން ޖަހާލި ކޮޅުވެއްޓި، "އަލްމާކް ފިޔަ"އިން ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މަރުވެފައި އޮއްވާ އިއްޔެ ވަނީ ފެނިފަ އެވެ.

އެމްއެންޑީޢެފްއިން ބުނީ ގެއްލިގެން މިހާރު ހޯދަމުންދާ ލަންކާގެ މީހާގެ ހިލަމެއް ނުވާ ކަމަށެވެ.

އެނގިފައިވާ ގޮތުން އޭނާ ހޯދުމަށް މިހާރު ޑްރޯންވެސް ދަނީ ބޭނުންކުރަމުން ނެވެ.

އެ ހާދިސާގައި މަރުވެފައި އޮއްވާ ފެނުނު އެކަކީ ގއ.ދާންދޭ، އަހުމަދު ޝިފާން(38އ.) އެވެ. ދެވަނައަށް ފެނުނީ ބިދޭސީއެއްގެ ހަށިގަނޑެވެ.

އެ ހާދިސާއާ ގުޅިގެން ގެއްލުނު މީހުން ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތައް ކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލީ އެރިޔަދޫ ރިސޯޓަށް މުދާ ހިފައިގެން ދަތުރުކުރަމުން ދަނިކޮށެވެ.

Ads by Allied Insurance